ޓީޗް ޓޫލް ޓީ،އޯ،ޓީ ޓްރެއިނިންގ ކާމިޔާބު ކަމާއެކު ނިންމާލައިފި

ޓީޗް ޓޫލް ޓީ.އޯ.ޓީން ގެ ނަމުގައި 25 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ ޓީ.އޯ.ޓީ ޓްރެއިނިންގ މިއަދު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޓީޗް ޓޫލް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ނިޒާމް ހަރުދާނާ ކުރުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދިޔަ  މި ޓްރެއިނިންގ ނިންމުމުގެރަސްމިއްޔާތުޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން  ޑޮކްޓަރ އައިޝަތު ވަދީފާ އެވެ.

2024 ނޮވެމްބަރު 4 އިން 7އަށް ( 4 ދުވަހުގެ މުއްދަތަށް ) ކުރިޔަށް ގެންދިޔަ މިޓްރެއިނިންގެ ބައިވެރިންނަށް ޓީޗް ޓޫލް ބޭނުންކުރާ ގޮތުގެ ހުނަރު ފޯރުވައިދިނުމަށްޓަކައި އެކަމުގެ މައުލޫމާތުތައް އޮޅުންފިލުވައިދެވުނެވެ.

މި ޓްރެއިނިންގ ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، ވޯލްޑް ބޭންކުން ޓީޗް ޓޫލް ޑިވެލޮޕް ކުރުމަށް އެކުލަވާލި ޓްރެއިނިންގ ޓީމުގެ މެންބަރެއްކަމުގައިވާ މިސްޓަރ އަބްރަލްމުފްތީ އެވެ.

އަހުމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލްގެ ކޮމްޕއުޓަރ ލެބްގައި ކުރިޔަށްގެންދިޔަ މި ޓްރެއިނިންގއަކީ، މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ ) އެހީގެ ދަށުން ހިންގި ޓްރެއިނިންގ އެކެވެ.

Leave a Comment

Your email address will not be published.