‘އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް 2024’ އުކުޅަހުގައި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ނޭޝަނަލް ޓީޗާރސް ކޮންފަރަންސް ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށް، އއ.އުކުޅަހުގައި ބޭއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވައިފިއެވެ.

މި ކޮންފަރަންސަކީ، މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރަންސެކެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން “އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް”ގެ ނަމުގައި ބައިނަލް އަޤުވާމީ ފެންވަރުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު މި ކޮންފަރަންސް ދަނީ ބާއްވަމުންނެވެ.

ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލު ކުރައްވާ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށް، ކިޔަވައި ދިނުން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނޭ ތަފާތު ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބެއެވެ.

މި ކޮންފަރެންސްގެ މުހިންމު އަނެއް މަގްސަދަކީ، ބޭރު ގައުމުތަކުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖެ ހުޅުވައި ދިނުމާއިއެކު ރާއްޖޭގައި “އެކަޑެމިކް ޓުއަރިޒަމް” ފުޅާކުރުމެވެ.

މިއަހަރުގެ ކޮންފަރެންސަށް ޚާއްސަ ކުރެވިފައިވާ ތީމަކީ

“: Educate, Empower, Elevate: Equitable Education for 21st Century Excellence ” އެވެ.

މިއަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ކަނޑައެޅިފައިވާ ދާއިރާ ތަކަކީ:

1. Equity and Inclusion in Education

2. Curriculum, Pedagogy and Assessment

3. Educational Leadership and Professional Learning

4. Artificial Intelligence, STEAM Education and Digital Learning

5. Islam, Dhivehi Language and Culture

6. Climate Resiliency, Social Responsibility and Community Engagement

މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށައެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 އެވެ.

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.