ފިޒިކަލް އެޑިއުކޭޝަން ސިލަބަހަށް އަހުލުވެރިކުރުވުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސްކޫލް އޮފް އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓު ޔުނިޓުން އިސްނަގައިގެން ފިޒިކަލް އެޑިއުކޭޝަން ސިލަބަހަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ފައުންޑޭޝަން ސްޓޭޖް މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ފިޒިކަލް އެޑިއުކޭޝަނުގެ މުހިންމުކަން މުދައްރިސުންނަށް ބުނެދިނުމާއި، ފިލާވަޅުތައް ރާވައި ކުރިއަށްގެންދާނެ ގޮތްކިޔައިދިނުމާއި، ފިލާވަޅުތައް އެސެސްކުރާނެގޮތް މުދައްރިސުންނަށް ކިޔައިދީ އެއަށް އަހުލުވެރިކުރުވުމެވެ.

29 ނޮވެމްބަރު 2021ން 30 ނޮވެމްވަރު 2021އަށް ވާރޗުއަލްކޮށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ހއ،ރ،ލ،ގއ،ގދ،ޏ އަދި ސ އަތޮޅުގެ މުދައްރިސުން ބައިވެރިވިއެވެ.

Leave a Comment

Your email address will not be published.