“ކޮންޓެންޓް އަޕްގްރޭޑިންގ ޕޯޓްފޯލިއޯ އެންޑް އިންޓަގްރޭޝަން ފޯ ފައުންޑޭޝަން ސްޓޭޖް” ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފި

ފައުންޑޭޝަން ސްޓޭޖަށް އުނގަންނަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށްގެން ކޮންޓެންޓް އަޕްގްރޭޑިންގ ޕޯޓްފޯލިއޯ އެންޑް އިންޓަގްރޭޝަން ފޯ ފައުންޑޭޝަން ސްޓޭޖް، ތަމްރީނު ޕްރޮގްރާމް އެން.އައި.އީގެ ސްކޫލް އޮފް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޔުނިޓުން ކުރިއަށްގެންގޮސްފިއެވެ.

ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ ޕޯޓްފޯލިއޯއަކީ ކޮބައިކަން މުދައްރިސުންނަށް ބުނެދީ، ޕޯޓްފޯލިއޯ ތައްޔާރުކުރާނެގޮތާއި ފިލާވަޅުތައް ތައްޔާރުކުރާއިރު އެ ހަފްތާއެއްގެ ތީމާ އެއް މާއްދާ އާއި އަނެއްމާއްދާގެ ބައިތައް ގުޅުވާލާނެގޮތް މުދައްރިންސުންނަށް ބުނެދީ އެއަށް މުދައްރިސުން އަހުލުވެރިކުރުވުމެވެ.

ޑިސެމްބަރު 8 ން 9 އަކަށް ހިންގި މިތަމްރީނު ޕްރޮގްރާމުގައި ކ،ނ،ބ،ޅ،ތ،ށ،އަދި ހދ. އަތޮޅު ހިމެނޭހެން 225 މުދައްރިސުން މި ތަމްރީނުޕްރޮގްރާމުގައި ބައިވެރިވިއެވެ.

Leave a Comment

Your email address will not be published.