ސާނަވީ، މަތީ ސާނަވީ ސުވާލުކަރުދސް ތައްޔާރުކުރާނެ ގޮތުގެ މަސައްކަތުބައްދަލުވުމެއް ކުރިއަށްގެންގޮސްފި

 

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ގުޅިގެން ކީ ސްޓޭޖް 4-5 ގެ އިސްލާމް މުދައްރިސުންނަށް ސާނަވީ، މަތީ ސާނަވީ ސުވާލުކަރުދާސް ތައްޔާރުކުރުމާއި ގުޅޭ ތަމްރީނެއް އޮންލައިންކޮށް ކުރިއަށްގެންގޮސްފިއެވެ.

ފެބްރުއަރީ މަހުގެ 16 އިން 17 އަށް ކިރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެސް.އެސްސީ ސުވާލު ކަރުދާހާއި، އެޗް.އެސް.ސީ  ސުވާލު ކަރުދާސް އެކުލަވާލާނެގޮތުގެ ތަމްރީނު ދިވެހި ރާއްޖޭގެ 355 މުދައްރިސަކަށް ދެވިފައިވާނެއެވެ.

ހަތަރު ސެޝަނަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކޮށް މުދައްރިސުންނަށް ތަމްރީނު ދެއްވީ އެން.އައި.އީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ނިއުމާ މުހައްމަދާއި، ސެންޓަރ ފޯ ހަޔަރ ސެކްނަްޑަރީ އެޑިއުކޭޝަން ގެ އެޗް.އޯ.ޑީ އިބްރާހިމް ޒުހެއިރެވެ.

Leave a Comment

Your email address will not be published.