އެސެސްމެންޓާއި ޕޯރޓްފޯލިއޯ އަށް މުދައްރިސުން އަހުލުވެރި ކުރުމުގެ މަޤުޞަދުގައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފެށިގެން ކުރިޔަށް އެބަދެއެވެ.
2022 މާރިޗް 2 އިން 3 އަށް ކުރިޔަށް ގެއްންދިއުމަށް ރޭވިފައިވާ މި މަސައްކަތު ބައްދަލުވުމަކީ، ޏ. ފުވައްމުލަކު، ފުވައްމުލަކު ސްކޫލާއި، ހޭޒް އެމްޖޭ އެސް ގެ ޚާއްޞަ އެދިލެއްވުމަކަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ފެސިލިޓޭޓްކޮށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލު ވުމެކެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމުގައި ކުރިޔަށްދާ މިމަސައްކަތު ބައްދަލުވުމުގައި ޏ. ފުވައްމުލަކު، ފުވައްމުލަކު ސްކޫލާއި، ހޭޒް އެމްޖޭ އެސް ގެ 18 ޓީޗަރުންގެ އިތުރުން މާލޭ ކޮށްކޮމެން ޕްރީސްކޫލުން 13 ޓީޗަރުން ނާއެކު ޖުމުލަ 31 ޓީޗަރުން މިމަސައްކަތު ބައްދަލުވުމުގައި، ބައިވެރިވެ މަސައްކަތް ފުރިހަމަ ކުރައްވާނެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ތަޖުރިބާކާރު ފަންނީ ބޭފުޅުން ޝެސަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވާ މިމަސައްކަތު ބައްދަލުވުމުގައި ވިލިމާލެ މުޙްޔިއްދީން ސްކޫލާއި، ހުޅުމާލެ ލިޓިލް ޖެމްސް ޕްރީ ސްކޫލަށް ޒިޔާރަތް ކޮށް ޢަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް ރޭވިފައި ވެއެވެ.