ނޭޝަނަލް ލިޓްރަސީ އަދި މެތަމެޓިކްސް ސްޓްރެޓެޖީ ވެލިޑޭޓްކުރުމާއި ރެމެޑިއޭޝަން ސްޓްރެޓެޖީ ވެލިޑޭޓް ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ނޭޝަނަލް ލިޓްރަސީ އަދި މެތަމެޓިކްސް ސްޓްރެޓެޖީ ވެލިޑޭޓްކުރުމާއި ރެމެޑިއޭޝަން ސްޓްރެޓެޖީ ވެލިޑޭޓް ކުރުމުގެ މަސައްކަތު ބައްދަލުވުމެއްފަށައިފިއެވެ.

މާރިޗް މަހުގެ 01 ން 02 ކަށް ކަސްޓަމްސް ބިލްޑިންގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ބައްދަލުވުމުމަކީ ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުކެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ 39 ފަންނީ ބޭފުޅުން ބައިވެރިވެލައްވާ މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ، ނޭޝަނަލް ލިޓްރަސީ އެންޑް މެތަމެޓިކްސް ސްޓްރެޓެޖީ ވެލިޑޭޓް ކުރުމާއި ރެމެޑިއޭޝަން ސްޓްރެޓެޖީ ވެލިޑޭޓްކޮށް ޤައުމީ ފެންވަރެއްގައި  މި ސްޓްރެޓެޖީ އަވަސް ތާރީޚެއްގައި ތަންފީޒުކުރަން ފެއްޓުމެވެ.

Leave a Comment

Your email address will not be published.