ސްކޫލް ތަކުގައި ކުރިޔަށްގެންދިޔަ “އަޕްޝިފްޓް”ގެ އަޖުމަ ބެލުމުގެ މަރުޙަލާ ނިންމާލައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބައެއް ސްކޫލްތަކުގައި ކުރިޔަށްގެންދިޔަ އަޕްޝިފްޓް ޕްރޮގްރާމްގެ އަޖުމަ ބެލުމުގެ މަރުޙަލާ ނިންމާލައިފިއެވެ.

މި ޕްރޮގުރާމަކީ، 21 ވަނަ ގަރުނުގެ ހުނަރުތަކާއި ޤާބިލިއްޔަތުތައް އުގަންނައިދިނުގެ މަޤުޞަދުގައި ފުރާވަރުގެ ކުދިންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރު ޔުނިސެފް އިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ދިވެހިރާއްޖޭގައި އަޕްޝިފްޓް ޕްރޮގުރާމް ތަންފީޒުކުރާން ފެށުނީ، އަޖުމަ ބެލުމުގެ ގޮތުން 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަޕްޝިފްޓްގެ ތައްޔާރީތައް އެންމެ ފުރަތަމަ ފެށުނު އިރު، ހުރިހާ ސުކޫލަކަށް ފުރުސަތު ހުޅުވާލުމުން، ޖުމުލަ 53 ސުކޫލަކުން 1100 ޓީޗަރުންނާއި 3495 ދަރިވަރުން ބައިވެރިވިއެވެ.

އަޕްޝިފްޓަކީ ޔުނިސެފުން އެތައް ގައުމެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ދަރިވަރުންނަށް މި ޕްރޮގްރާމްގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހޯދައިދިނުމަށްޓަކައި އެން.އައި.އީން ވަރަށް ގިނަ ގުނަ، މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން ރާއްޖެއާ ގުޅޭގޮތަށް މިޕްރޮގްރާމް ބައްޓަންކޮށް، ދިވެހި ވެއްޓަށް ފެތޭގޮތަށް ދަރިވަރުންނަށް އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް މިޕްރޮގްރާމް މެދުވެރިކޮށް ބަދަލު ގެނެވިފައި ވެއެވެ.

އަޕްޝިފްޓް ޕްރޮގްރާމް ސްކޫލުތަކުގައި ތަންފީޒުކުރެވުނީ “ޔުނިސޯލްވް” ކިޔާ އޮންލައިން މަންސަ އެއްގެ އެހީގައެވެ. މި މަންސަ މެދުވެރިކޮށް، ބްލެންޑަޑް ލަރނިންގ މޮޑެލްގެ ތެރެއިން ދަރިވަރުންނަށް ‘އަޕްޝިފްޓް’ ޕްރޮގްރާމްގެ މައިގަނޑު ހުނަރުތަކާއި ޤާބިލިއްޔަތުތައް، ގްރޭޑް 7 އަދި 8 ގައި 2023 ވަނައަހަރު ތައުލީމު ހާސިލު ކުރަންފެށި ދަރިވަރުންނަށް އުނގަންނައިދެވުނެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން، 5 ފަހަރެއްގެ މަތީން ، ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންނާއި ޓީޗަރުން ހިމެނޭހެން، 253 ފަރާތެއް ތަމުރީނު ކުރެވުނެވެ. ހަމަ އެއާއެކު ފުރާވަރު އުމުރުގެ 96 ކުދީން ހިމެނޭހެން ޖުމުލަ 3 ބޫޓްކޭމްޕެއް ބޭއްވިފައިވެއެވެ.

ރާއްޖޭގެ ސްކޫލް މަދަރުސާ ތަކުގެ ވެރިންނާއި މުދައްރިސުންނާއި ދަރިވަރުންނަށް މީގެ މަންފާ ފުރިހަމަ އަށް ލިބިދޭ ގޮތަށް ކުރިޔަށް ގެންދެވުނު މިޚާއްޞަ ޕްރޮގުރާމްގެ ނިމުން ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ ހަރަކާތް، 2024 ޖުލައި 25 ވާ ބުރާސްފަތި ދުވަހު ޕަބްލިކް ސަރވިސް މީޑިއާގެ ” ޔެސް ޓީ،ވީ ” އިން ދުރަށް ދައްކާގޮތަށް ހަމަޖެހިފައިވެއެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.