‘އައިސީޓީ ޑިޖިޓަލް ރިސޯސް ޑިވޮލޮޕްމަންޓް ވޯކްޝޮޕް’ ފަށައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ” ޑިޖިޓަލް ރިސޯސް ޑިވޮލޮޕްމެންޓް ވޯރކްޝޮޕް ” ގެ ނަމުގައި ވޯރްކްޝޮޕެއް ފަށައިގެން ކުރިޔަށް އެބަދެއެވެ.

މި ވޯރކް ޝޮޕަކީ، ފައުންޑޭޝަން ސްޓޭޖް ގެ ދަރިވަރުންނަށް ޤުރުއާނާއި އިސްލާމް ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ވޯރކްޝޮޕެކެވެ.

ޤުރުއާނާއި އިސްލާމް މުޤައްރަރުގެ މައްޗަށް ބިނާކޮށް ޓެކްނޮލިޖީގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުން އުނގެނުމަށް ޝައުޤުވެރިވާފަދަ އާލަތް ތައްޔާރު ކޮށް އުނގަންނައި ދިނުމުގައި ބޭނުންކުރުމަށް ބާރު އެޅުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މި ވޯރކްޝޮޕްގައި މާލެ ސިޓީ އަށް ނިސްބަތްވާ ސްކޫލްތަކުން 23 ޓީޗަރުން ބައިވެރިވެއެވެ.

2024 ޖުލައި 28 އިން އޯގަސްޓް 1 އަށް (5ދުވަހުގެ މުއްދަތަށް) އެން،އައި،އީ ސެމިނަރ ރޫމުގައި ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގެ ސެޝަންތައް ނަންގަވައިދެއްވަނީ، އެން،އައި،އީގެ ފަންނީ ބޭފުޅުން ކަމުގައިވާ ، ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް މުޙަންމަދު ޢަލީމް، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ޔަޢުޤޫބު ޙުސައިން ޔޫސުފް، ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ޙަސަން ލަބީބު އަދި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް އަޙުމަދު ސަޢީދެވެ.

 

 

 

Leave a Comment

Your email address will not be published.