އެހެން މީހުންނަށް އެހީތެރިވެދިނުމުން ލިބޭ ބައެއް ފައިދާތައް

ލިޔުނީ: އަޙްމަދު މުޙައްމަދު

އެހެން މީހުންނަށްޓަކައި ވަގުތާއި ފައިސާ ނުވަތަ އެނޫންވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ހަމައެކަނި މުޖުތަމައަށް ވެވޭ އެހީއެއްނޫނެވެ. އެއީ ތިމާގެ ނަފްސަށް ލިބޭ ހިތްހަމަޖެހުމެއްވެސް މެއެވެ. ދިރާސާތަކުން ފެންނަން ހުރިގޮތުގައި ޖަމާޢަތަށް ނުވަތަ އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތިމާގެ ނަފްސަށް އުފާވެރިކަން ގެނެސްދީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް އެހީވެދޭ ކަމެކެވެ.

ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުން ލިބިދާނެ ފައިދާތަކެއް ތިރީގައި މިވަނީއެވެ.

• އެއީ ލިބޭ ހިތްހަމަޖެހުމެކެވެ. އެހެންމީހުންނަށް އެހީތެރިވެދިނުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ ސިކުނޑިއަށް ހަމަޖެހުން ގެނެސްދީ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ނަތީޖާތައް ފެންނަގޮތުގައި އެހީތެރިވެދިނުމުގެ ސަބަބުން އިޖުތިމާޢީ ގުޅުންތައް ރަނގަޅުވެދެއެވެ.

• އެކަކު އަނެކަކަށް އަޅާލެވޭކަން ދެނެގަނެވެއެވެ. އެހެން މީހުންނަށް އެހީތެރިވެދިނުމުން ރަޙްމަތްތެރިން އިތުރުވެ މުޖުތަމަޢު ބަލައިގަންނަ މިންވަރު ބޮޑުވެގެންދެއެވެ. ވަކިން ޚާއްޞަކޮށް ފެނިދެނިވެ ކުރިމަތީގައި ދެވޭ އެހީތެރިކަމުގެ ސަބަބުން އެކަނިވެރިކަމާއި ބާކީވެފައިހުންނަ ހުރުން ދުރުކޮށްދެއެވެ. މިސާލަކަށް ބަނޑުހައިވެފައި ހުންނަ މީހަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ސައި ހޮޓަލެއްގައި، އެހީ ބޭނުންވާ މީހާއާއެކު އެއްމޭޒެއްގެ ދޮށުގައި ސުފުރާއަކަށް އިންސާފުކޮށްލުން އެއީވެސް އެފަދަ ކަމެކެވެ.

• އެހީތެރިކަން ފޯރުކޮށްދިނުމުން ތިމާގެ މަޤްޞަދެއް ޙާޞިލްވުމަށް މަގުފަހިވެދެއެވެ. ދިރާސާތަކުން ފެންނަ ގޮތުގައި އެހެންމީހުނަށް އެހީތެރިވެދިނުމަށް ތިމާ ކުރަން ބޭނުންވާ ކަމެއް ޙާޞިލްކުރުމުގައި ކުރިއެރުންތަކެއް ލިބިގެންދެއެވެ. އޭގެ މައިގަނޑު ސަބަބަކީ އެހެންމީހުންގެ ތަޢުރީފާއި ދުޢާއެވެ. އަދި މުޖުތަމަޢުން ލިބޭ ގަދަރާއި އިޙްތިރާމެވެ.

• ތިމާއަށްވުރެ ނިކަމެތި ފަރާތްތަކަށް އެހީތެރިވެދިނުމުން، ކުރިއަށްއޮތްތަނުގައި ތިމާގެ ނަސީބު އިތުރަށް ރަނގަޅުވެ ޙާލަތު ރަނގަޅުވާނެކަމުގެ އުންމީދު ވޮޑުވެގެންދެއެވެ. އެހެންކަމުން ތިމާގެ މާޔޫސްކަން ދުރުކޮށްދެއެވެ.

• އެއީ ފުޅާވެގެންދާ ކަމެކެވެ. އެކަކު އެހީތެރިކަން ފޯރުކޮށްދޭކަން އެނގޭނަމަ އެކަމަށް ޝައުގުވެރިވާ އަދި ޢަމަލުން އެކަން ދައްކަން ބޭނުންވާ އެހެން މީހުން ތިބެއެވެ. އަދި އެހީތެރިވެދޭ މީހުން އެހެންމީހުންނަށް އެނގުމުންދާވަރަކަށް އެ އަދަދު ގިނަވަމުން ދެއެވެ.

• އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމީ ދިގު އުމުރަކަށް އޮތް ފުރުޞަތެއްކަމަށް ބެލެވެއެވެ. އެއީ އޭގެ ސަބަބުން ތިމާގެ ކަންބޮޑުވުންތަކަށް ހަމަޖެހުމެއްލިބި އެހީތެރިވުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާތީކަމަށް ވެދާނެއެވެ. އަދި ފަހަރުގައި އެއީ އިޖުތިމާޢީ ގުޅުންތަކުގެ ސަބަބުން އެކަނިވެރިކަން ފިލާދިއުމުގެ ބާރަށްވާތީ ކަމަށްވުންވެސް އެކަށީގެންވެއެވެ.

• އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތިމާގެ އަމިއްލަ ނަފްސު ބެލެހެއްޓުމުގެ ސިފައެކެވެ. ތިމާއަށް ދަތިހާލެއް މެދުވެރިވާ ވަގުތަކީ، އެހާލުގައިއުޅޭ އެހެންމީހުންގެ ދަތިހާލު އިހުސާސްކުރެވޭނެ ވަގުތެކެވެ.

• އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެންދެއެވެ. ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމާއި އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހުން އަމިއްލަ ނަފުސަށްކުރާ އިތުބާރު މާބޮޑެވެ. އަދި ކަންބޮޑުވުންތަކާ މާ ދުރުކަމަށް ބެލެވެއެވެ.

• ރަޙްމަތްތެރިކަން ބަދަހިކޮށްދެއެވެ. އެހެންމީހުންނަށް އެހީތެރިވެދިނުމުގެ ސަބަބުން ރަޙްމަތްތެރިން ގިނަވެއެވެ. އެގުޅުންތައް ގިނަދުވަހަށް ދެމިގެންދެއެވެ.

• އެހެން މީހުން މޫނު ބަލާ ލޯގަނޑަކަށް ވެދެއެވެ. މީހަކަށް އެހީތެރިވެދިނުމުގެ ސަބަބުން އެމީހަކަށް ހެޔޮ ބަދަލެއް އަތުވެއްޖެނަމަ އެއީ ތިމާގެ ހިތަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވުމަކީ ލިބޭ ހިތް ހަމަޖެހުމެއްގެ އިތުރުން އާއުންމީދުތަކެއް އިތުރުވެގެންދާ ކަމެކެވެ.

___________________________________________

މަޢުލޫމާތު:

https://www.ucl.ac.uk/students/news/2020/apr/10-benefits-helping-others

 

 

Leave a Comment

Your email address will not be published.