އިޖުތިމާޢީ

އުފާވެރި ހިތްހަމަޖެހޭ މަސައްކަތު މާޙައުލެއް އޮންނާނީ ކިހިނެއް؟  

ލިޔުނީ: އަޙްމަދު މުޙައްމަދު، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް، އެން.އައި.އީ އުފާވެރި ހިތްހަމަޖެހޭ މަސައްކަތު މާޙައުލެއް އޮންނަންވީ ގޮތް، މުއައްސަސާއެއް ހިންގަވަން ތިއްބަވާ އެކި ވެރިންނަށް، ތަފާތުވެދާނެ އެވެ. އެކަމާމެދު އުފެދޭ ތަފާތު ސުވާލުތަކެއްވެސް ހުރެދާނެއެވެ. އެގޮތުން އެއީ، މަސައްކަތާއި ދިރިއުޅުމާ ދެމެދު އަޅާކިޔާލެވޭ ގޮތަށް އޮތް ކަމެއް ހެއްޔެވެ؟ ނަތީޖާ ނެރެވޭނެ ގޮތަކަށް އަތުރާލެވިފައިވާ …

އުފާވެރި ހިތްހަމަޖެހޭ މަސައްކަތު މާޙައުލެއް އޮންނާނީ ކިހިނެއް؟   އިތުރައް ކިޔާލާ

އެހެން މީހުންނަށް އެހީތެރިވެދިނުމުން ލިބޭ ބައެއް ފައިދާތައް

ލިޔުނީ: އަޙްމަދު މުޙައްމަދު އެހެން މީހުންނަށްޓަކައި ވަގުތާއި ފައިސާ ނުވަތަ އެނޫންވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ހަމައެކަނި މުޖުތަމައަށް ވެވޭ އެހީއެއްނޫނެވެ. އެއީ ތިމާގެ ނަފްސަށް ލިބޭ ހިތްހަމަޖެހުމެއްވެސް މެއެވެ. ދިރާސާތަކުން ފެންނަން ހުރިގޮތުގައި ޖަމާޢަތަށް ނުވަތަ އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތިމާގެ ނަފްސަށް އުފާވެރިކަން ގެނެސްދީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް އެހީވެދޭ ކަމެކެވެ. ބޭނުންޖެހިފައިވާ ފަރާތްތަކަށް …

އެހެން މީހުންނަށް އެހީތެރިވެދިނުމުން ލިބޭ ބައެއް ފައިދާތައް އިތުރައް ކިޔާލާ

ކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް ބޭނުންވާ 9 ބާވަތުގެ ޙަރަކާތްތައް ނުވަތަ ޕްލޭ (ކުޅުން)

މިއީ މަމްޖަންގްޝަން.ކޮމް ވެބްސައިޓްގައި 14 ޖުލައި 2022ގައި ޝްރީޖާ ޕިލާއީ ލިޔެ، ޑރ ނޭހާ ބޭވް ޗަލަންކަރ ރިވިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. ތަރުޖަމާ ކުރީ: މަރިޔަމް ނިހާޒް ކުޑަކުދިންގެ ހެދިބޮޑުވުމަށް “ޕްލޭ” މުހިއްމުވަނީ ކީއްވެ؟ ކުޑަކުދިން އައު ތަކެތި ދަސްކުރުމާއ، ހަރުދަނާ އަދި ކާމިޔާބު އިޖުތިމާއީ ގުޅުންތައް އުފައްދަނީ ތަފާތު ބާވަތްތަކުގެ ކުޅުމުގެ ތެރެއިންނެވެ. މިކަމުގެ …

ކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް ބޭނުންވާ 9 ބާވަތުގެ ޙަރަކާތްތައް ނުވަތަ ޕްލޭ (ކުޅުން) އިތުރައް ކިޔާލާ

ގަނާކުރުން

އަޝްރަފު ޢަބްދުއްރަޙީމް / ދިއްގަރު އެމެރިކާގެ ލިޔުންތެރިއެއް އަދި ޅެންވެރިއެއްކަމަށްވާ، ލިނެޓް މާދާރ، ސުވާލުކުރައްވާފައި ވެއެވެ. ‘ތިބާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާންޖެހުނު  އޮޕަރޭޝަނެއް ކުރާން ދަންނަ ހަމައެކަނި ޑޮކްޓަރަކީ، ތިބާ ސްކޫލުގައި އުޅުނުއިރު ގަނާ ކުރެވުނު ކުއްޖެއްނަމަ، ދެން ކަންތައްވާނީ ކިހިނެއްހެއްޔޭ؟’  ހަމަ ޔަގީނުންވެސް އެފަދަ ހާލަތެއްގައި، ގަނާ ކުރުމަކީ ކިހާ ބޮޑު ނުބައިކަމެއްކަން ގަބޫލު …

ގަނާކުރުން އިތުރައް ކިޔާލާ

ދަރިވަރުން ޖަމާޢަތަށް ޚިދުމަތްކުރުން މުހިންމުވަނީ ކީއްވެ؟

ލިޔުނީ: އަޙްމަދު މުޙައްމަދު، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް/ އެން.އައި.އީ ފެންނަންހުރި ހެކިތަކަށް ބަލާއިރު ޖަމާޢަތުގެ އެކިއެކި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެ ހިލޭސާބަހަށް ޚިދުމަތްކުރުމަކީ އެކުދިން އުނގެނުމުގައި ކުރިއަށް ދިއުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ފައިދާކުރާ ކަމެކެވެ. މިގޮތުން ދުނިޔޭގެ ބައެއް މަދަރުސާތަކުގައި ފަސްވަނަ ގްރޭޑުން މަތީގެ ދަރިވަރުން ބައިވެރިކޮށްގެން ހިލޭސާބަހަށް މަސައްކަތްކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދެއެވެ. …

ދަރިވަރުން ޖަމާޢަތަށް ޚިދުމަތްކުރުން މުހިންމުވަނީ ކީއްވެ؟ އިތުރައް ކިޔާލާ

ބޮޑެތި މީހުންގެ ތަޢުލީމާއި ޖަމާޢަތުގެ ތަރައްޤީއާ ދެމެދު އޮތް ގުޅުން

ލިޔުނީ: މަރިޔަމް ނިހާޒު އަދި އަޙްމަދު މުޙައްމަދު ތަޢުލީމަކީ ތަރައްޤީއަށް ވަރަށް މުހިންމު ވަސީލަތެކެވެ. ހަމައެއާއެކު ތަރައްޤީވެ ކުރިއަރައި ދިއުމަށް މުޖުތަމައުގައި ދިރިއުޅޭ އެންމެންނަށް ލިޔަންކިޔަން އެނގުމަކީ އޭގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އެގޮތުން ބޮޑެތި މީހުންގެ ތަޢުލީމަކީ ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ބޮޑެތި މީހުންގެ ތަޢުލީމަކީ …

ބޮޑެތި މީހުންގެ ތަޢުލީމާއި ޖަމާޢަތުގެ ތަރައްޤީއާ ދެމެދު އޮތް ގުޅުން އިތުރައް ކިޔާލާ

އުންމީދުގެ ހުޅުކޮޅު

ލިޔުނީ: މަރިޔަމް ނިހާޒް   ގޭތެރޭގައި އަވަދިނެތި މަސައްކަތުގައި އުޅެމުންދިޔަ ހަމްޝާއަށް ކުއްލިއަކަށް ހަނދާންވީ އޭނާގެ އުމުރުން 4 އަހަރުގެ ދަރިފުޅު ނަވާ ވީ ސްކޫލްގައި ކަމެވެ. ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު، އަވަސްއަވަހަށް ބުރުގާ ބަދަލުކޮށްލައިގެން، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ސްކޫލުގެ ދޮރޯށިދޮށަށް ހަމްޝާ  ހުއްޓުނެވެ. ނަމަވެސް ދޮރޯށި ދޮށުގައި އިތުރު ބެލެނިވެރިއެއް ނެތެވެ. ” …

އުންމީދުގެ ހުޅުކޮޅު އިތުރައް ކިޔާލާ

ތަރައްޤީގައި ޖަމާޢަތުގެ ބައިވެރިވުން މުހިންމުވަނީ ކީއްވެ؟

ލިޔުނީ: އަޙްމަދު މުޙަންމަދު، (އެން.އައި.އީ) ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި، ރައްޔިތުންގެ ބަސްކިޔުމަށާއި ފާޑުކިޔުމަށާއި ގޮތްނިންމުމަށް މަޝްވަރާކުރުމުގެ ފުރުޞަތު އޮންނަންޖެހެއެވެ. އޭގެ ސަބަބުން ރަނގަޅު ޚިޔާލުތަކާއި މަޝްވަރާ، ޕްރޮގްރާމްތައް ހިންގުމަށް ލިބިގެންދެއެވެ. އަދި މިކަން މިގޮތަށް އޮންނަންޖެހޭ މައިގަނޑު ސަބަބަކީ އެއިން ކޮންމެ ޕްރޮގްރާމަކާއި ޕްރޮޖެކްޓަކީ އެ ޖަމާޢަތެއްގައި ދިރިއުޅެމުންދާ ކޮންމެ މީހަކާވެސް …

ތަރައްޤީގައި ޖަމާޢަތުގެ ބައިވެރިވުން މުހިންމުވަނީ ކީއްވެ؟ އިތުރައް ކިޔާލާ

ނުރަސްމީ ތަޢުލީމުގެ ޙަރަކާތްތައް ހިންގުމުގައި ކައުންސިލްތަކަށް އަދާކުރެވޭނީ ކޮން ދައުރެއް؟

ލިޔުނީ: އަޙްމަދު މުޙައްމަދު (އެން.އައި.އީ) ދިރިއުޅެމުންދާ މުޖުތަމަޢަކީ ހޭލުންތެރި ރައްޔިތެއް ދިރިއުޅޭ ތަރައްޤީވެފައިވާ ތަނަކަށްވުން ނޭދޭނީ ކާކުހެއްޔެވެ؟ ކަން މިހެން އޮތްއިރު އެކަންކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ އިންސާނީ ތަރައްޤީއާއެވެ. އެހެންކަމުން މުޖުތަމަޢުގެ ނުވަތަ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް/ ހަރަކާތްތައް ރޭވުމުގައި ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމުތަކަށް ޖާގައެއް ދޭން މަޖުބޫރެވެ. ޚާޢްޞަކޮށް ރަސްމީ ތަޢުލީމު ފުރިހަމަ …

ނުރަސްމީ ތަޢުލީމުގެ ޙަރަކާތްތައް ހިންގުމުގައި ކައުންސިލްތަކަށް އަދާކުރެވޭނީ ކޮން ދައުރެއް؟ އިތުރައް ކިޔާލާ

އިންސާނީ ޙަޔާތުގެ ތަންމަތިކަމުގައިވާ މި ދުނިޔެއަށް އަމާން ވެއްޓެއް ޤައިމުކޮށްދިނުމަށްޓަކައި ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނަމާ!

ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި) ރަހުމެއްބިމާ ގަސް ގެހި ގަހާ ނަލަމަސްމަހާ މިވެށީތެރަށް ރަހުމެއް އަދައި ތިޕްލާސްޓިކް ދޫކޮށް ދަރިން ދާންވީދުރަށް ލޮބުވެތި ދިވެހި ދަރީންނޭވެ. އެތައް ދޫތަކަކުން ކިޔާތީ އިވެނީ އެވެނި މިވެނި އެއްޗަކުން ވެއްޓަށް ގެއްލުން ލިބޭ ވާހަކައެވެ. ލިޔެފައިހުންނާތީ ފެންނަނީވެސް މި ވާހަކައެވެ. އެކަމަކު މި އަޑުފަޑުގެ ތެރެއިން ފެންނަނީ ނަމުން …

އިންސާނީ ޙަޔާތުގެ ތަންމަތިކަމުގައިވާ މި ދުނިޔެއަށް އަމާން ވެއްޓެއް ޤައިމުކޮށްދިނުމަށްޓަކައި ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނަމާ! އިތުރައް ކިޔާލާ