ބަޔަލޮޖީ ޓީޗަރުންނަށް މަސައްކަތު ބައްދަލުވުމެއް

ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް 9 އަދި 10 ގައި ބަޔޮލެޖީ މާއްދާ ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުމެއް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ކުރިޔަށް އެބަގެންދެއެވެ.

ކެމްބްރިޖް (އައިޖީއެސްއީ) އަށް ކިޔަވައިދޭ  ޓީޗަރުންނަށް ޚާއްސަ މިބައްދަލުވުމުގައި ރާއްޖޭގެ އެކިހިސާބުތަކުގައި ގްރޭޑް 9 އަދި 10 އަށްކިޔަވައިދޭ 28 ޓީޗަރަކު ބައިވެރިވެއެވެ. މިޓީޗަރުން ނިސްބަތްވަނީ 27 ސްކޫލަކަށެވެ.

މި މަސައްކަތު ބައްދަލުވުން ފެށުނީ އިއްޔެ ( 5 އޯގަސްޓް) ގައެވެ. 3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ވޯރކްޝޮޕް ނިމޭނީ މާދަމާގައެވެ.

ވޯކް ޝޮޕް ގެ ފެސިލިޓޭޓަރަކީ ކެމްބްރިޖް ފަރާތުން މިތަމްރީން ދެއްވުމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

 

 

 

 

 

 

Leave a Comment

Your email address will not be published.