ޢިއްޒުއްދީން ސްކޫލުގެ އިސްވާރުންގެ ޢަހްދު އިޤްރާރުވުން ނިމިއްޖެ

6 އޯގަސްޓް 2024

ޢަލީ ޙަސަން- ޢިއްޒުއްދީން ސްކޫލް

ޢިއްޒުއްދީން ސްކޫލުގެ 2024 ވަނަ އަހަރުގެ އިސްވާރުންގެ މަޤާމުތަކަށް ހޮވުނު ދަރިވަރުން މަޤާމުގެ އަޙްދު އިޤްރާރުވުން ކުރިއަށް ގެންގޮސްފި އެވެ. 6 އޯގަސްޓް 2024 ވަނަ ދުވަހުގެ ހަވީރު 4 ޖެހިއިރު ޢިއްޒުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު އަދީލް ނަޞީރެވެ.
އިސްވާރުންނަކީ ސްކޫލްގެ އިސް މަޤާމުތަކުގައި ދަރިވަރުންނަށް ނަމޫނާ ދައްކާ ދަރިވަރުންގެ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ދަރިވަރުންނެވެ.

މި ގޮތުން 2024 ވަނަ އަހަރު އިސްވާރުންގެ ގޮތުގައި ޖުމުލަ 38 ދަރިވަރުން އަޙްދު އިޤްރާރުވެފައި ވެއެވެ. އެއީ ޕްރިފެކްޓްންގެ ގޮތުގައި ހޮވާފައިވާ 30 ދަރިވަރުންނާއި ސްކޫލް ކެޕްޓަންއާއި ޑެޕިޔުޓީކެޕްޓަންގެ ގޮތުގައި ފިރިހެން ދަރިވަރަކާއި އަންހެން ދަރިވަރައްގެ އިތުރުން ގޭމު ކެޕްޓަންއާއި ހަތަރު ހައުސްގެ ކެޕްޓަނުންނާއި ޑެޕިޔުޓީ ކެޕްޓަނުންގެ އިތުރުން ކެޑޭޓް ލީޑަރާއި ސްކައުޓް ލީޑަރާއި ގައިޑް ލީޑަރެވެ. ހަމަ އެއާއެކު ސްކޫލްގައި އުފައްދާފައިވާ ކްލަބްތަކުގެ ރައީސުންނާއި ސެކްރެޓަރީންވެސް އަޙްދު އިޤްރާރުވެފައި ވެއެވެ.


މި ރަސްމިއްޔާތުގައި އިސްވާރުންނަށް އަޙްދު އިޤްރާރުވުން ލައިދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މާލޭ ޒޯންގެ ކޯޑިނޭޓަރ އެޑިޔުކޭޝަނަލް ޑިވެލޮޕްމެންޓް ޕްރޮފެޝަނަލް އަލްފާޟިލް އަޙްމަދު ނަޞީމެވެ. ދަރިވަރުންގެ އަޙްދު އިޤްރާރުގެ މުހިންމު ކަމުގެ މައްޗަށް އަޙްމަދު ނަޞީމު ދެއްކެވި ވާހަކާގައި ޢަހްދެއް ކުރުމަކީ ފަސޭހަ ކަމެއްކަމަށާއި އެހެން ނަމަވެސް އެ ޢަހްދުގެ މަތީގައި ދެމި ހުރުމުގެ މުހިންމުކަމާއި ދަރިވަރުންގެ މަސްޢޫލިއްޔަތާ ގުޅުވާލައިގެން ވަރަށް ގިނަ މިސާލުތައް ގެނެސްފައި ވެއެވެ.


މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނާ މުޚާޠަބުކުރައްވައި މިނިސްޓަފ އޮފް ސްޓޭޓްފޯރ އެޑިޔުކޭޝަން ޑރ. އަޙްމަދު އަދީލް ނަޞީރުވަނީ ލީޑަރުންގެ ކިބައިގައި ހުންނަންވީ މުހިންމު ސިފަތަކާއި އެއް ދަރިވަރަކު އަނެއް ދަރިވަރަކަށް އެހިތެރިވެ ގުޅިގެން މަސައްކަތްކުރުމުން ލިބޭނޭ މަންފާގެ މައްޗަށް އަލިއަޅުއްވައި ލައްވާފައެވެ.


މި ރަސްމިއްޔާތުގައި ޢިއްޒުއްދީން ސްކޫލްގެ އިސްވާރުންގެ އިތުރުން އިސްވާރުންގެ ބެލެނިވެރިންނާއި ސްކޫލް ޕީ. ޓީ. އޭ ގެ މެމްބަރުންނާއި މުދައްރިސުންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މިއީ ޢިއްޒުއްދީން ސްކޫލްގައި ދަރިވަރުންގެ އިސްވާރުން އިންތިޚާބުކޮށް އަޙުދު އިޤްރާރުވި 3 ވަނަ އަހަރެވެ.


2024 ވަނަ އަހަރު ޢިއްޒުއްދީން ސްކޫލްގެ ކެޕްޓަންގެ މަޤާމަށް ހޮވިފައިވަނީ ގްރޭޑް 10 އެސް 1 ގެ ދަރިވަރު ޝަޔާން ޝަރީފެވެ. އަދި ޑެޕިޔުޓީ ފިރިހެން ކެޕްޓަނަކަށް ގްރޭޑް 9 އެސް 1 ގެ ދަރިވަރު މުޙައްމަދު ތަޙްމީދު ނިޒާމު ހޮވިފައިވާ އިރު ޑެޕިޔުޓީ އަންހެން ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 10 އެސް 1 ގެ ދަރިވަރު ޛިކްރާ މުޙައްމަދު ޒުހައިރެވެ. 2024 ވަނަ އަހަރުގެ ގޭމްސް ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 10 އެސް 1 ގެ ދަރިވަރު ޢުމަރު ރައްޔާން މުޙައްމަދެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޝަރަފުވެރި މެޙެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. އަޙްމަދު އަދީލް ނަޞީރާއި އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ޕްރޮފެޝަނަލް އަޙްމަދު ނަޞީމާއި ސްކޫލްގެނާޡިރު ނާޒިރާ ޙަސަން.

 

 

 

 

އިސްވާރުން އިޤްރާވަނީ

Leave a Comment

Your email address will not be published.