މެންޓަލް ހެލްތާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައީ) ގެ މުވައްޒަފުންނަށް ބާއްވައިފި

މެންޓަލް ހެލްތާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައީ) ގެ މުވައްޒަފުންނަށް ބާއްވައިފިއެވެ. މެންޓަލް ހެލްތް ދުވަހުގެ މުނާސަބަތުގައި ބޭއްވި މަޢުލޫމާތު ދިނުމުގެ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އެންއައިއީގެ ސެމިނަރ ރޫމްގައެވެ. މިއަދަކީ ދުނިޔޭގައި ފާހަގަކުރާ މެންޓަލް ހެލްތް ދުވަހެވެ.

އެންއައިއީގެ ހުރިހާ މުވައްޒަފުން ބައިވެރިވި މިސެޝަންގައި މަސައްކަތު މާޙައުލުގައި ކުރިމަތިވާ ސްޓްރެސްއަކީ ކޮބައި ކަމާއި ސްޓްރެސް މެނޭޖުކުރާނެ ގޮތުގެ މައްޗަށް މަޢުލޫމާތު ދެވުނެވެ. މުވައްޒަފުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މިސެޝަންގައި ސްޓްރެސް މާހައުލެއްގައި ދިމާވާ ކަންތައްތަކާއި އެކަންތައްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު މުވައްޒަފުންނަށް ދިނެވެ.

މިސެޝަންގައި މަޢުލޫމާތު ދެއްވީ ނަފްސާނީ ޢިލްމްގެ އެކި ދާއިރާތަކުން މަތީތަޢުލީމް ހާސިލް ކުރައްވަމުން ގެންދަވާ 3 ބޭފުން ކަމުގައިވާ ޙިސްނާ ޢަބްދުލްޤައްޔޫމާއި، އީމާން އަޙްމަދު ޢިސްމާޢީލްއާއި އާމިނަތު އާން އަމީންއެވެ.

މިއަދުގެ ސެޝަންގައި ނެޝަނަލް އިންސްޓިޓުޔުޓް އޮފް އެޑިޔުކޭޝަންގެ ޒިންމާދާރު ވެރިޔާ ސޫދާ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރ ޒިޔާދު ރަޝާދުވެސް ބައިވެެރިވެ ވަޑައިގަތެވެ.

 

 

Leave a Comment

Your email address will not be published.