ޕްރިންސިޕަލުންގެ ލީޑަރޝިޕް ޓްރެއިނިންގ ވޯރކްޝޮޕް، ފެށިގެން ކުރިޔަށް 

ދެކުނުގެ 4 އަތޮޅުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދާ ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގުރާމް އައްޑޫ ހައި ސްކޫލް ގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

މި ޓްރޭނިންގއަކީ، ސްކޫލް މަދަރުސާ ތައް ހިންގުމާ ގުޅޭ ފަހުގެ އީޖާދު ތަކާ، ޒަމާނީ އާ ގޮތްތަކާއި ހުނަރުތައް ރާއްޖޭގެ ސްކޫލް މަދަރުސާ ތައް ހިންގުމުގައި ޙަރަކާތް ތެރިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޚާއްޞާ ޓްރޭނިންގއެކެވެ.

ބޭރުގެ ޔުނިވަރ ސިޓީތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެން.އައި.އީ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ މި ޓްރޭނިންގައި މިފަހަރު ފަންނީ އެހީތެރިކަން ފޯރުކޮށް ދެނީ ސެގި ޔުނިވަރ ސިޓީންނެވެ.

2024 އޮކްޓޯބަރު 12 އިން 13 އަށް ( 2.ދުވަހުގެ މުއްދަތަށް ) ކުރިޔަށްދާ މި ޓްރޭނިންގ ގައި ގއ.ގދ. ސ. އަދި ޏ އަތޮޅުގެ ސްކޫލް ތަކުން 30 ބޭފުޅުން ބައިވެރިވެ ވަޑައިގަނެއެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.