ހއ. އަތޮޅު މަދަރުސާގެ އިނާމުދިނުން ބާއްވައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ހުންނަ އެ އަތޮޅުގެ އަތޮޅު މަދަރުސާގެ 2019 އަދި 2020-2021ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިއިނާމުދިނުން ބާއްވައިފައިވަނީ މިމަހު 24 ވީ ހުކުރުދުވަހުގެ ރޭގައެވެ.

މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދުއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ބައިވެރިވި ޝަރަފްވެރިންގެ ތެރޭގައި އެ މަދަރުސާގެ ޕްރިންސިޕަލް ޙުސައިން ނަޢީމް އަޙްމަދު އާއި ހޯރަފުށީ ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އަޙްމަދު އިމްދާޙް އާއި ރައްޔަތުންގެ މަޖުލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ގެ އިތުރުން ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފު ހާސިލްކުރައްވާފައިވާ ދެބޭފުޅުންކަމުގައިވާ ޢަލީ ނަޞީރު އާދަމް އާއި މުޙައްމަދު މުޚްތާރު ހިމެނިވަޑައިގެންނެވިއެވެ.

ފާއިތުވެދިޔަ 3 އަހަރުގެ އިނާމްދިނުމުގެ މިޖަލްސާގެ ބެސްޓް އޯލް ރައުންޑަރުންގެ މަޤާމް ޙާޞިލުކުރީ   2019 ވަނައަހަރުގެ މަތީޘާނަވީ ބައިން ފާޠިމަތު ފިރުޝާ ،ގްރޭޑް 12ބީ އެވެ. އެއަހަރުގެ ޘާނަވީބައިން އެއްވަނަ ހޯދީ ޝިހާދާ އިބްރާހީމް، ގްރޭޑް 10އެސް އެވެ.
2020-2021 ގެ މަތީޘާނަވީން އެއްވަނަ ޙާޞިލުކުރީ، މަރިޔަމް އަފާފް މުޙައްމަދު، ގްރޭޑް 12އެސް އެވެ. މި އަހަރުގެ ޘާނަވީބައިން، ޢާއިޝަތު ޝައްފާ ޢަބްދުﷲ، ގްރޭޑް 10އެސް އެވެ.

މި ޖަލްސަގައި 37 ދަރިވަރަކަށް އިނާމު ލިބުނެވެ. އަދި  2019 ވަނައަހަރު ގެ އާއްމު ކެޓަގަރީން  27 ދަރިވަރަކަށް އިނާމް ލިބުނެވެ. ހަމަ އެއަހަރުގެ ހާއްސަ ކެޓަގަރީން 13 ދަރިވަރަކަށް އިނާމް ލިބުނެވެ.

2020-2021 މި ދެއަހަރުގެ އާއްމު ކެޓަގަރީން 11 ދަރިވަރުންނަށް އިނާމް ލިބުނުއިރު ޚާއްޞަ ކެޓަގަރީން 10 ދަރިވަރަކަށް ވެސް އިނާމް ލިބުނެވެ./ ހަސަން ޒަރީރު

Leave a Comment

Your email address will not be published.