ހއ އަތޮޅު ތަޢުލީމީ މަރުކަޒުން އޮންޓްރަޕްރެނިއަރޝިޕް ވޯރކްޝޮޕެއް ބާއްވައިފި

ޕްރިންސިޕަލް ޢަބްދުﷲ ނާހިދު

 

 

 

 

 

 

ތިލަދުންމަތީ އުތުރުބުރީ ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ނިންމައި މިއަހަރު ދަސްވެނިވި ދަރިވަރުންނަށް 1 ދުވަހުގެ އޮންޓްރަޕްރެނިއަރޝިޕް ވޯކްޝޮޕެއް އެސްކޫލުން ހިންގައިފިއެވެ. އެސްކޫލުން މިމަސައްކަތުބައްދަލުވުން ބާއްވާފައިވަނީ ހއ. ދިއްދޫ ބިޒިނަސް ސެންޓަރާއި ދަސްވެނި އެކެޑެމީއާ ގުޅިގެންނެވެ.

މިވޯރކްޝޮޕްގައި އޮންޓްރަޕްރެނިއަރ އަކީ ކޮބައިކަމާއި މިފަދަ ކަމަކަށް ބަލާ މީހެއްގެ ކިބައިގައި ހުންނަންވާނެ ސިފަތަކާއި އަދި ބަލަންޖެހޭނެ ކަންތައްތަކުގެ މައްޗަށް މައުލޫމާތު ދީފައިވެއެވެ.

ހއ. ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދިންގޮތުގައި
މިމަޢުލޫމާތު ދިނުމުގެ ބޭނުމަކީ ދިރިއުޅުމުގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުންދާ ދަރިވަރުންގެ ވިސްނުމާއި ޚިޔާލު ތަފާތު ދާއިރާތަކަށް މަގުފަހިކޮށް ހުޅުވާލަދީ ޢާންމުކޮށް ބޭނުންނުކުރާ އެކަމަކު އަލަށްފެށިދާނޭ މަސައްކަތްތަކާއި ވިޔަފާރިތަކަށް ލޯހުޅުވާލަދިނުމެވެ. އަދި ވިޔަފާރީގެ އުކުޅުތަކާއި ވިޔަފާރިއެއްފަށައިގަންނާނެ ގޮތުގެ ހޭލުންތެރިކަން ދަރިވަރުންގެ ބައިވެރިވުމާއެކު އުފެއްދުމެވެ.

އެމަރުކަޒުން ހާމަކުރިގޮތުގައި މިފަދަ ވޯރކްޝޮޕަކުން ލިބޭނެ އެއްފައިދާއަކީ ވަކިވަކި ދަރިވަރުންގެ ކިބައިގައި މިފަދަ ވިޔަފާރިއަށް ހުންނަ ހުނަރުވެރިކަމާއި ޝައުގު އެކުދިންނަށް އެނގި އިތުބާރާއެކު އަމިއްލައަށް ކުރިޔަށްދާނެ ރޮނގެއް ޚިޔާރުކުރުމުގެ ކެރުން ދަރިވަރަށް ލިބުމެވެ. ހަމައެއާއެކު ވިޔަފާރިއެއްގެ އުކުޅުތަކާމެދު ލިބުނު މަޢުލޫމާތުތައް ހުށަހަޅައިދީ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

1 ދުވަހުގެ މި މަސައްކަތު ބައްދަލުވުން ނިންމާލީ ދަރިވަރުން ގްރޫޕްތަކަށް ބަހައި ގްރޫޕްތަކުން އެބަޔަކު ޚިޔާރުކުރާ އާއީޖާދީ ވިޔަފާރިއެއް ފަށާނެ ގޮތުގެ މަޢުލޫމާތު ހުށަހަޅައި ދިނުމަށްފަހުގައެވެ. މީގެ އިތުރުން ވިޔަފާރިއެއް ރަޖިސްޓަރީ ކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި ރަޖިސްޓަރ ކުރާނޭ ފަސޭހަގޮތްތަކުގެ މައްޗަށްވެސް މައުލޫމާތު ހިއްސާކުރެވުނެވެ. /އޒ

Leave a Comment

Your email address will not be published.