ކޮއްކޮމެން ޕްރީސްކޫލަށް އެންއައީ އިން ދެމުންގެންދާ އެއްބާރުލުން އެސްކޫލުން ފާހަގަކޮށްފި

މާލޭގައި ހިންގާ ޕްރީސްކޫލެއްކަމުގައިވާ ކޮއްކޮމެން ޕްރީސްކޫލަށް އެސްކޫލްގެ ކިޔަވައިދިނުން ހަރުދަނާކުރުމާގުޅޭ އެކިކަންކަމުގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން އެންއައިއީން ދެމުންގެންދާ ލަފަޔާއި އިރުޝާދަށްޓަކައި އެސްކޫލުން ޝުކުރު އަދާކޮށްފިއެވެ.

ކޮއްކޮމެން ޕްރީސްކޫލުން، އެންއައިއީން ދެމެހެއްޓެނިގޮތެއްގައި އެސްކޫލަށް ވެދެމުންގެންދާ އެއްބާރުލުން ހާމަކޮށް ޝުކުރުއަދާކޮށްފައި މިވަނީ އެކަންފާހަގަކުރުމުގެގޮތުން ދީފައިވާ ލިޔުމެއްގައެވެ. މިލިޔުން ދީފައިވަނީ އެސްކޫލުގެ ގްރެޖުއޭޝަން ހަފްލާގައެވެ. މިޙަފްލާ އޮތީ މިމަހުގެ 26 ގައެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނަކީ ރާއްޖޭގައި ހިންގާ ޕްރީސްކޫލްތައް އޮބްޒާވް ކޮށް ތުއްތުކުދިންނާ ގުޅޭ ކުދިން ގަޔާވާ މާހައުލެއްގައި ގައުމީ މަންހަޖާއެއްގޮތަށް އުނގަންނައިދިނުން ބައްޓަންކުރުމަށް އެއިންސްޓިޓިޔުޓަށް ފެންނަ ލަފަޔާއިއިރުޝާދު ދެމުން އަންނަ އިންސްޓިޓިޔުޓެކެވެ.

ކޮއްކޮމެން ޕްރީސްކޫލުން ދާދިފަހުންވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އެންމެ ފަހުން ހިންގި އޮބްޒަވޭޝަނުން އެސްކޫލަށް ލިބިފައިވާ މަޝްވަރާއާގުޅިގެން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމާމެދު އެސްކޫލްގެ ޗެއަރމަން މުޙައްމަދު ޝަހީމް ޢަލީ ސައީދު ސްކޫލްގެ ޓީޗަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

Leave a Comment

Your email address will not be published.