ތ.ކަނޑޫދޫ ސުކޫލުގެދަރިވަރުން ދަނޑުވެރިކަމުން ނަފާހޯދަނީ

ތ.ކަނޑޫދޫ ސުކޫލާއި އެގްރޯނެޓާއި ގުޅިގެން ،ކަނޑޫދޫސުކޫލުގައި ތަރައްޤީ ކުރެވިފައިވާ “ސުކޫލު ގާޑަން” އިން ދަރިވަރުން ނަފާހޯދަމުންދެއެވެ. މިގާޑަންއަކީ 2021 ވަނަ އަހަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީކޮށް ކަނޑޫދޫގައި ފާހަގަކުރެވުމާ ގުޅިގެން އެދުވަހުގެ ޚާއްސަ ޙަރަކާތެއްގެ ގޮތުގައި އެގްރޯނެޓުން ސުކޫލުގައި ޤާއިމްކޮށްދެއްވި ދަރިވަރުންގެ ގާޑަންއެކެވެ.

ވޭތުވެދިޔަ އަށްމަސްދުވަހުގެ ތެރޭގައި ސުކޫލު ގާޑަނުން ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި ފަތްޕިލާވެލި ބާޒާރަށް ނެރެފައިވާކަމަށް ސުކޫލުން މަޢުލޫމާތުލިބިފައިވެއެވެ. މީގެ ތެރޭގައި، ކޮޕީފަތް، ލެޓިއުސް، ލޭޑީސް ފިންގަރ ،ކައްޓަލަ އަދި ކިއުކަމްބާ ހިމެނެއެވެ. މިގާޑަންގައި ހައްދާތަކެތީގެ ތެރެއިން ލެޓިއުސް އަދި ކިއުކަމްބާ އަކީ ބާޒާރުގައި އާންމުންގެ އެންމެ ބޮޑުތާއީދެއް ހޯދާފައިވާ ދެބާވަތެވެ.

މިގާޑަންގައި ހައްދާތަކެތީގެ މަޤުބޫލުކަން އެންމެ އިތުރުވެފައިވާ އެއްސަބަބަކީ ޢާންމު ދަނޑުތަކުގައި ބޭނުންކުރާ  ގަހަށްޖަހާ ތަފާތު ބޭސް، ސުކޫލުގާޑަންއިން ބޭނުން ނުކުރުމެވެ. ސުކޫލުގާޑަނުން ބާޒާރަށް ނެރޭ ބާވަތްތަކަކީ ގުދުރަތީ ވަސީލަތްތަކުގެ އެހީގައި ހައްދާފައިވާ ތަކެއްޗެވެ.

މިކަމުގެ ސަބަބުން ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމަށް ލޯބިޖެހުމާއި ގަސްއިންދުމުގެ ރޫޙްވަނީ އާލާވެފައިކަމަށް ސުކޫލުން މަޢުލޫމާތު ލިބެއެވެ.

މިގާޑަން ބެލެހެއްޓުމުގައި ސުކޫލުގެ ޕީ،ޓީ،އޭގެ ނައިބުރައީސް އިސްދައުރެއް އަދާކުރެއެވެ. ކަނޑޫދޫ ސުކޫލުގެ އުއްމީދަކީ ފެހި،ފަހި ސިއްޙަތަށް ފައިދާހުރި ގިނަބާވަތްތައް މުސްތަޤުބަލުގައި ބާޒާރަށް ނެރުމެވެ.

Leave a Comment

Your email address will not be published.