ލިޔުނީ: ނިއުމާ މުހައްމަދު (ނިއުމާ މިސް)
ދަރިވަރުންގެ މައުލޫމާތަކީ ވަރަށް ރައްކާތެރިކަމާއެކު ސްކޫލްތަކުގައި ގެންގުޅެންޖެހޭ މައުލޫމާތެކެވެ. އިލްމީ ނަޒަރަކުންނަމަ ދަރިވަރުންގެ ނަތީޖާ ގެންގުޅެންޖެހެނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ނުވަތަ އެއީ ވަރަށް ސިއްރު މައުލޫމާތެކެވެ. އެއީ “ކޮންފިޑެންޝަލިޓީ” ހިފަހައްޓަން ޖެހޭ މައުލޫމާތެކެވެ. ހަމައެއާއެކު އެމައުލޫމާތަކީ ދަރިވަރުގެ ޒާތީ މައުލޫމާތެކެވެ.
Teachers should be skilled in recognizing unethical, illegal and otherwise inappropriate assessment methods and uses of assessment information ………aware that various assessment procedures can be misused or overused resulting in harmful consequences such as embarrassing students, violating a student’s right to confidentiality, and inappropriately using students’ standardized achievement test scores to measure teaching effectiveness
(Airaisian, 2001, p: 404)..
އެއަރއޭސިއަން (2001)، ބުނާގޮތުން މުދައްރިސުންގެ ކިބައިގައި ދަރިވަރުންގެ އެސެސްމަންޓް މައުލޫމާތު ގެންގުޅުމުގެ ހުނަރު ލިބިފައިވާންޖެހެއެވެ. އަދި މި މައުލޫމާތުތައް ގެންގުޅުމުގެ ސައްހަ ނޫން ކަންތައްތަކާއި ނުރަނަގަޅު ކަންތައްތައް ހުންނަން ވާނީ އެނގިފައެވެ. ހާއްސަކޮށް ރަސްމީކޮށްނަގާ އިމްތިހާން ތަކުގެ ނަތީޖާ ރަނގަޅަށް ރައްކާތެރި ނުކުރެވިއްޖެނަމަ ދަރިވަރުނަށް ގެއްލުމާއި އަދި ލަދުވެތިކަމާއި ކުރިމަތި ވެދާނެ ފަދަ ކަންތައްތައް ދިމާވެދާނެއެވެ.
‘އެސެސްމަންޓް ފޯ ލާރނިންގ’ ނުވަތަ ‘ފޯމަޓިވް އެސެސްމަންޓްގައި’ މިވާ އެސެސްމަންޓްގައި އެއްދަރިވަރު އަނެއް ދަރިވަރާއި އަޅާ ނުކިޔާނެއެވެ. އެކުދިންގެ ކާމިޔާބީ މިންކުރާނީ އެދަރިވަރުގެ ކުރިން ލިބިފައި އޮތް ނަތީޖާ އާއި މިހާރު އޭނާއަށް ލިބިފައި ހުރި ކުރިއެރުންތަކާއި އެވެ. މިގޮތަށް ބަލައިފިނަމަ ކޮންމެ ދަރިވަރެއްވެސް ވާނީ ކުރިއެރުންތައް ހޯދާފައެވެ. ޤައުމީ މަންހަޖު (2014) މަންހަޖުގައި ބުނާގޮތުން ފެންވަރު ވަޒަންކުރުމުގެ ތެރެއިން ލިބޭ މަޢުލޫމާތުގެ އަލީގައި ދަރިވަރު ކުރިއަރަމުންދާ މިންވަރާއި ޙާޞިލު ވަމުންދާ މިންވަރު ބެލޭނެއެވެ. ފޯރމެޓިވް އެސެސްމަންޓް ބޭނުންކޮށްގެން ފެންވަރު ވަޒަން ކުރުމުން ދަރިވަރުންގެ އުނގެނުން އިތުރަށް ތަރައްޤީވެ އަދި މިއީ ކުރިއަރައިގެން ދިއުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.
ނަތީޖާތައް ދިރާސާކުރާ އިލްމްވެރިން ވިދާޅުވަނީ މިކޮމާޝަލް އިމްތިހާނަކީ (މިސާލަކަށް ކެމްބްރިޖް އޯލެވެލް/އޭލެވެލް/އެޑްއެކްސެލް ފަދަ) ހަމަ އެކަނި އެ އިމްތިހާންއިން އެކަނި ދަރިވަރާއި ބެހޭ ނިންމުމެއް ނިންމަން އެހާ ކަމުދާ ގޮތެއް ނޫނެވެ.
Nonetheless, it is still appropriate to raise the issue of whether a commercial achievement test provides the information needed to make valid decisions about pupil’s achievement. Teacher-made and textbook achievement tests are judged in terms of whether they provide a fair assessment of how well pupils have learned the things they were taught. Commercial achievement tests are also judged on this basis as well as on how well pupils they compare a pupil’s achievement to that of similar pupils nationwide. Regardless of the test, if it does not provide the desired information about pupil achievement, it is not valid and therefore not useful for decision making (Airaisian, 2001, p: 363)
ކޮމާޝަލް އިމްތިހާނަކީ މުދައްރިސުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް ފެންވަރުބެލޭގޮތަށް ހެދިފައިވާ އިމްތިހާނުތަކެއްވެސް ނޫނެވެ. މިފަދަ އިމްތިހާންތަކުން އެއްދަރިވަރު އަނެއް ދަރިވަރާއި އަޅާކިޔައެވެ. މިމައުލޫމާތުތަކުން ދަރިވަރުންގެ ނަތީޖާއާއި ބެހޭ އެންމެ އެދެވޭ ފުރިހަމަ މައުލޫމާތެއް ނުލިބެއެވެ. މިއީ ދަރިވަރުންނާއި ބެހޭ ގޮތުން ނިންމުމެއް ނިންމަން އެހާ ކަމުދާގޮތެއް ނޫނެވެ (އެއާއޭސިއަން.2011) .
ޤައުމީ އިމްތިހާން ހަދައިނިމޭ ދަށު ސާނަވީ މަރުހަލާ ދަރިވަރުންނަކީ ފުރާވަރުގެ ކުދިންނެވެ. އެކުދިންނަށް މިވީ އުމުރުން އަދި އެންމެ 16 އަދި 17 އަހަރެވެ. އެކުދިން އުމުރުގެ ގޮތުން ވަރަށް ޅައެވެ. ކަމެއް ނިންމާއިރު އެކަމެއްގައި ހުރި ރަނގަޅު ކަންތައްތަކާއި ނޭދެވޭ ކަންތައްތަކާއި ބެހޭގޮތުން ވިސްނުމަކީ އެމީހުންގެ ޅަސިކުޑިއަށް އެހާ ފަސޭހަކަމެއްނޫނެވެ. މިފުރާގެ އުމުރުގެ ކުދިންގެ ސިކުނޑި އަދި މިދަނީ ތަރައްޤީވަމުންނެވެ. މިހާރު ބެލެނިވެރިންނާއި ސްކޫލްތަކުން ކަންތައްތައް ކުރާ ގޮތަށް ފާޑުކިޔައި އެކަމެއް ނުކުރާށޭވެސް ބުނެލަން ފަހަރެއްގައި ޖެހިލުންވެދާނެއެވެ. ނުވަތަ އޭނާގެ އެމައުލޫމާތުތައް ފޭސްބުކްގައި މިހާވަރަށް ހާމަނުކުރާށޭ ނުބެނެފާނެއެވެ. އޭނަ ވިސްނާނީ ރަނގަޅު ގޮތްތައް އިނގޭނީ ބޮޑެތިމީހުންނަށްކަމެވެ. މިހާރު އޭނަ އިތުބާރުކުރާނީ ބޮޑެތި މީހުންނަށެވެ.
އިލްމީގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ދަރިވަރުންގެ ނަތީޖާ ގެންގުޅެނީ ވަރަށް ރައްކާތެރިކަމާއެކުގައެވެ. ދަރިވަރުގެ ހުއްދަ ހޯދައިގެން މެނުވީ ދަރިވަރުންގެ ނަތީޖާގެ މައުލޫމާތުތައް އެމައުލޫމާތު އެކިކަންކަމުގައ ބޭނުމެއްވެސް ނުކުރެވޭނެއެވެ. މިސާލަކަށް، ނިއުޒީލޭންޑް، އޮސްޓްރޭލިޔާ، އިނގިރޭސިވިލާތް، މިފަދަ ގައުމުތައް. ބެލެނިވެރިންނާއި މުދައްރިސުންވެސް ދަރިވަރުންގެ ނަތީޖާތައް ގެންގުޅުމުގައި ފަރުވާތެރިވާން ވާނެއެވެ.
ކޮންމެ ދަރިވަރެއްގެ ނަތީޖާއަކީ އެކުއްޖެއްގެ ވަރަށް ހާއްސަ ‘އަމިއްލަ’ މައުލޫމާތެކެވެ. އެއީ ‘ސިއްރު’ މައުލޫމާތެކެވެ. އެމައުލޫމާތު އާއްމު ނުކުރަމާ ހިނގާށެވެ! އެސެސްމަންޓާއި ގުޅޭ ކަމަކަށްވާތީ މުޖުތަމައުގެ ތެރެއިން މިހާރު އާއްމު ވަމުންދާ ނަތީޖާތައް ފޭސްބުކްގައި އެހާ ތަފްސީލްކޮށް ހިއްސާކުރާއިރު ފަހުން ދަރިވަރުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް އިލްމީ ނަޒަރަކުން އެންމެންވެސް ވިސްނާލަން އެބަ ޖެހެއެވެ.
The school is required to comply with the Privacy Act 1993. This means student information is to be kept confidential; a student cannot see another student’s grade without their permission. Also, a student’s permission must be gained for their work to be used as an exemplar (https://www.npbhs.school.nz/wp-content/uploads/2020/02/NPBHS-Assessment-Procedures-2020.pdf).
When considering privacy, teachers should remember that all student personal information belongs to the student and therefore should be kept private. This information includes things like assessment results, grades, and demographic information (https://studentprivacycompass.org).
ނަތީޖާ އަކީ ވަރަށް ޒާތީ މައުލޫމާތެކެވެ. ދުނިޔޭގެ އިލްމީގޮގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ދަރިވަރުގެ ފޮޓޯ ހާމަކޮށް ދަރިވަރުންގެ ނަތީޖާ އެހާތަފްސީލްކޮށް އެމީހުންގެ ސްކޫލްގެ ވެބްސައިޓްގައާއި ފޭސްބުކްގައި ހިއްސާކޮށްފައި ނުހުރެއެވެ. މިހާރު ދަރިވަރުން ކަނޑައްތުކުރި މިހަރުފަތް [އޯލެވެލްއަށް] ފަހުވެސް ދަރިވަރުން ގިރާކުރަން ހުރި ހަރުފަތްތައް އަދި ވަރަށްގިނައެވެ. ވީމާ ނަތީޖާ ގެންގުޅުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުވާތެރިވާން ވާނެއެވެ!
ޤައުމީ މަންހަޖުގައިވާ ‘އެސެސްމަންޓް ފޯ ލާރނިން’ ގައި އެއްދަރިވަރު އަނެއްދަރިވަރާއި އަޅާނުކިޔާނެއެވެ. ދަރިވަރުގެ އަމިއްލަ ކުރިއެރުން އަޅާކިޔާނީ އޭނާ ކުރިން ހުރިހިސާބު ދެނެގަނެ މިހާރު އޭނާއަށް ލިބުނު ކާމިޔާބީއާއެވެ. މިގޮތަށް ބަލައިފިނަމަ ކޮންމެ ދަރިވަރެއްގެވެސް ގިނަ ކުރިއެރުންތައް ފެންނާނެއެވެ. ކޮންމެ ދަރިވަރަކީވެސް ސާބަސް ހައްޤުވާ ދަރިވަރެކެވެ. އަދި ދަރިވަރުގެ ކިބައިގައި ހުންނަ ޤާބިލްކަމާއި، ހުނަރުތަކާއި، ރީތިސިފަތަކާއި އަދި އަމަލްތައް އެންމެ 2 ގަޑިއިރުގެ ޓެސްޓް ޕޭޕަރަކުން ނުފެންނާނެއެވެ. ‘މޮޅު /ދެރަ/ދަށް’ މާނަކުރާއިރު މިވެސް ވިސްނަންޖެހޭ ކަންތައްތަކެވެ. ދަރިވަރުންގެ ނަތީޖާއާއި ބެހޭ ގޮތުން ބެލެނިވެރިންވެސް އެކަކު އަނެކަކާއި ސުވާލު ކުރުމަކީ ނަފްސާނީ އަދި ޖަޒްބާތީ ނަޒަރަކުންވެސް އެހާ ރަނގަޅުކަމެއްނޫނެވެ.
ރެފަރެންސް
- Airasian, P.W (2011). Classroom assessment – Concepts and applications: McGraw Hill: Boston College
- New Plymouth Boys’ High School: School Website (2022):
https://www.npbhs.school.nz/wp-content/uploads/2020/02/NPBHS-Assessment-Procedures-2020.pdf
- Sanchez, B (2022). Student Privacy Compass: A Blog https://studentprivacycompass.org/