ކޮންމެ ކުއްޖަކުވެސް…..

ތައްޔާރުކުރީ: ޝެހެނާޒް ޢަލީ/ގުލާބީގެ ހދ.ކުޅުދުއްފުށި ސިޓީ

 

ކޮންމެ ކުއްޖެއް ވެސް ވަމާ! ޒިންމާ ނަގާ މޮޅު ކުއްޖަކަށް

ކޮންމެ ކުއްޖަކުވެސް  ނަމޫނާއަށް  ބަލާނޭ  ކުއްޖަކަށް

 

ހެނދުނު  ފަތިހާ އާދަކޮށް   ހޭލައި، ނަމާދު  އަދާކުރާ

އެނދުގެ ތަންމަތި ރީތިކޮށް  ތަރުތީބު ކޮށްލާ ކުއްޖަކަށް

 

ގޭތެރޭ ހުރިހައި ކަމެއްގައި، މަންމަޔާ  އަދި  ބައްޕައަށް

ދޭތެރޭން ވަގުތެއް ލިބޭ  ހިނދުގައި،  އެހީވާ ކުއްޖަކަށް

 

ކޮއްކޮމެންނާ  މާމަމެން، ގޭގައި އުޅޭހައި އެންމެނަށް

ކޮންމެހެންވެސް  ލޯބިދީ،  ލޯބިން  އަޅައިލާ ކުއްޖަކަށް

 

ކޮންމެ ދުވަހަކު އާދަކޮށް، ނިންމަން ޖެހޭ ހުރިހައި ކަމެއް

ކޮންމެފަހަރަކު ނުބުނަނީސް، ކޮށްލަން އެނގޭނޭ ކުއްޖަކަށް

 

އަދަބުތައް ހުރިހައި ކަމެއްގައި، ރީތިވީހައި އުނގެނިގެން

އަދަބު އަޚުލާގުން  ރިވެތި، ޒީނަތް ވެގެންވާ ކުއްޖަކަށް

********

 

 

 

 

Leave a Comment

Your email address will not be published.