ޕްރިންސިޕަލުންނަށް ކުރިޔަށް ގެންދާ “އަލްފާ އޮރިއެންޓޭޝަން” ފެށިއްޖެ

ސްކޫލް މަދަރުސާ ތަކުގައި ” އަލްފާ” މެތަޑަށް ކިޔަވައިދޭން ފެށުމުގެ ކުރިން ޕްރިންސިޕަލުންނަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދާ  އޮރިއެންޓޭޝަން ސެޝަނެއް އެން އައި، އީގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

ގުލޯބަލް އެޑިޔުކޭޝަން ޓްރޭނިންގ އިންސްޓިޓިއުޓް ގެ ފައުންޑަރ ޑޮކްޓަރ ސުނީތާ ގާންދީ ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ، ” އެކްސަރލަރޭޓަޑް ލާރނިންގ ފޮރ އޯލް” ( އަލްފާ ) މެތެޑަށް ކިޔަވައި ދިނުމުގެ މައިގނޑު މަޤުޞަދަކީ، ދަރިވަރުންގެ ދިވެހި، އިނގިރޭޝި އަދި ހިސާބު  ފެންވަރު  މަތިކުރުމެވެ.

މިއަދު ހެނދުނު 8:30 އިން ފެށިގެން އޮންލައިން ކޮށް ކުރިޔަށްދާ މި ސެޝަންގައި އެކި ސްކޫލް ތަކުން 128 ޕްރިންސިޕަލުން ބައިވެރިވެލެއްވިއެވެ.

Leave a Comment

Your email address will not be published.