ރ. އުނގޫފާރު ސްކޫލްގެ 8 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ކޮންޓްރެކްޓްކޮށްފި

ކްލާސްރޫމް އިމާރާތެއް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މިއަދު ސޮއި ކުރެވުނީ ރ.އުނގޫފާރު ސްކޫލްގައި، 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތުގެ ކޮންޓްރެކްޓްގައެވެ.

ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 10،169،545.89ރ (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަ ހާސް ފަސްސަތޭކަ ސާޅީސް ފަސް ރުފިޔާ އައްޑިހަ ނުވަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީހެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނާއިހް ނަޖީބެވެ.

Leave a Comment

Your email address will not be published.