ހދ އަތޮޅު މަދަރުސާގެ 12 ކުލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްކޮށްފި

ހދ.އަތޮޅު މަދަރުސާ (ހދ.ވައިކަރަދޫ) ގެ 12 ކުލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 8،982،616.00ރ (އަށް މިލިއަން ނުވަލައްކަ އަށްޑިހަ ދެހާސް ސަތޭކަ ސޯޅަ ރުފިޔާ)އަށް، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ PSIP 2021 ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.
ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޢަލީ ޢިޔާން އެވެ.

Leave a Comment

Your email address will not be published.