ޗީފް އެޑިޔުކޭޝަން ޓެކްނޮލޮޖީ އޮފިސަރގެ މަޤާމަށް ޙުސައިން ޝިނާން އައްޔަންކޮށްފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އައި ސީޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 2 (2024-2021) 2 ވަނަ އަހަރަކަށް ތަންފީޒްކުރުމަށްޓަކައި މޯލްޑިވްސް ލޭމްޕްގެ ދަށުން ޗީފް އެޑިޔުކޭޝަން ޓެކްނޮލޮޖީ އޮފިސަރ ( ސީއީޓީއޯ)ގެ މަޤާމަށް ޙުސައިން ޝިނާން މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު އައްޔަންކޮށްފިއެވެ.

އައި ސީޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން2 (2024-2021) އަކީ އައިސީޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 1ތަންފީޒުކޮށް ނިމުމުން ކުރިއަށް އޮތް 5 އަހަރު މައިގަނޑު 6 ކަމެއް ހާޞިލްކުރުމަށް ޔުނެސްކޯ ބެންކޮކްއިން ދެއްވާފައިވާ އިރުޝާދަށްބަލައި އެކުލަވާލާފައިވާ ޕްލޭނެކެވެ.

މި މައިގަނޑު 6 ކަމަކީ: (ހ) އެޑިޔުކޭޝަން ސެކްޓަރ ޕްލޭން (2019-2023) ތަންފީޒު ކުރުމަށް އެހީވުން. (ށ) ހިނގަމުންދާ އައިސީޓީ އާ ގުޅޭ މަޝްރޫޢުތައް ފުޅާކުރުން. (ނ) ބެލެނިވެރިކަމުގެ ޖުމްލަ އަގަށް ބެލުން. (ރ) މުދައްރިސުންނަށް ދެވޭ ތަމްރީނުތައް ފަރުމާކުރުމުގައި އެންމެ މުހިންމު ބޭނުންތަކަށް އިސްކަންދިނުން. (ބ) އައިސީޓީ ޚިދުމަތްތައް ޝާމިލްކަމާއެކު ދެވޭކަން ޔަޤީންކުރުން އަދި (ޅ) އައު މާސްޓަރ ޕްލޭންގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްލޭން ހިމެނުން ( ޔުނެސްކޯ ބެންކޮކް 2018) މިއެވެ.

މޯލްޑިވްސް ލާނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް ” މޯލްޑިވްސް ލޭމްޕް ” އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން ( ޖީޕީއީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމްވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންވެސް ޙިއްސާވެއެވެ.

Leave a Comment

Your email address will not be published.