މަސައްކަތުގައި ތެދުވެރިވުމާއި އަމާނާތްތެރިވުން އަދި ޒިންމާދާރުވުމުގެ މައްޗަށް ދަރުސް ދެއްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހިންގަވާ އޮފީސް ދަރުސް ޕްރޮގްރާމްގެ ދަށުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން    (އެންއައިއީ) މުވައްޒަފުންނަށް ދީނީ މަޢުލޫމާތު ދެއްވުން މިއަދު ބާއްވައިފިއެވެ.

މާފަންނު ސްޓާރކްލައުޑްގައި ހިންގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައި އޮތް މިދަރުސްގައި ދީނީ މަޢުލޫތު ދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ލެކްޗަރަރ އައްޝައިޚް  ޢިއްޒައްދީން އަދުނާނުއެވެ.

އެން އައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބު ތަޢާރަފްކޮށްދެއްވި މި ބައްދަލުމުގައި މިސެޝަންގެ މަޢުޟޫއުގެ މައްޗަށް މުވައްޒަފުން  ސުވާލުކުރުމުގެ ފުރުޞަތު އޮތެވެ. މިދަރުސްގެ މަޢުޟޫއަކީ “މަސައްކަތުގައި ތެދުވެރިވުމާއި، އަމާނާތްތެރިވުން އަދި ޒިންމާދާރުވުން ” މި މަޢުޟޫއެވެ.

މިމަޢުޟޫއުގެ ދަށުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމާނާތްތެރިވުމާއި ވަޒީފާގައި ރަނގަޅު އަޚްލާގައި ވަޒީފާގެ ގޯސް އަޚްލާގާއި ވެރިންނަށް ކިޔަމަންވުމާއި އިޙުތިރާމް ކުރުމާއި އިސްލާމީ ޢަގީދާއާއި ވަޒީފާއާ ހުރި ގުޅުން ފަދަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި މަޢުލޫމާތު ދެއްވާފައި ވެއެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަވި މި ސެޝަން ކުރިއަށް ގޮސްފައިވަނީ މުވައްޒަފުން ޝައުޤުވެރިވި އަދި ފުރިހަމަ ބައިވެރިވުން ފެނިގެން ދިޔަ ސެޝަނެއްގެ ގޮތުގައެވެ.

 

 

Leave a Comment

Your email address will not be published.