ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން، ގައުމީ މަންހަޖަށް އަހުލުވެރި ކުރުވުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން ގައުމީ މަންހަޖާއި ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން ގއ. ގެ 6 ސްކޫލެއްގެ ދިވެހި މުދައްރިސުންނަށް އަމާޒުކޮށްގެން ގއ. އަތޮޅުތަޢުލީމީމަރުކަޒުގައި  1 ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވި މި ވޯކްޝޮޕްގެ މަގުސަދަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުން ކަރިކިއުލަމަށް އަހުލުވެރި ކުރުވައި މިހާރު ކިޔަވައިދޭއިރު ކަރިކިއުލަމް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. 

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ޚާއްސަކޮށްފައިވަނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ސުލްތާން މުޙައްމަދު ސްކޫލާއި ގއ. އަތޮޅުމަދަރުސާއާއި މާމެންދޫ ސްކޫލާއި، ނިލަންދޫ ސްކޫލާއި، ދާންދޫ ސްކޫލުގެ ދިވެހި މުދައްރިސުންނަށެވެ.

މި ސްކޫލުތަކުން 36 މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރި ވިއެވެ.  އެންއައިއީގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް ( ދިވެހި ކަރިކިއުލަމް ޑިވެލޮޕާރ) އަޒުރާ ތައުފީގު ފެސިލިޓޭޓް ކޮށްދެއްވި މި ވޯކްޝޮޕަކީ ދިވެހި ސިލަބަހާއި ގުޅޭ ގޮތުންވެސް ތަފާތު އެތަކެއް  މަޢުލޫމާތު ލިބިގެންދިޔަ އަދި ކަރިކިއުލަމް ތަންފީޒު ކުރުމުގައި ގެންގުޅޭނެ ތަފާތު އުކުޅުތައް މުދައްރިސުންނަށް ދަސްވެގެންދިޔަ ވޯކްޝޮޕެކެވެ.

Leave a Comment

Your email address will not be published.