ޖަމާލުއްދީން ސްކޫލްގެ އިންޓަރ-ކްލާސް ސައިންސް ފެއަރ ހުޅުވައިފި- މިފެއަރ އިފްތިތާޙްކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު މުޖާހިދު

ޖަމާލުއްދީން ސްކޫލް އިންޓަރ-ކްލާސް ސައިންސް ފެއަރ 2023 ހުޅުވައިފިއެވެ. މިފަހަރުގެ ސައިންސް ފެއަރ އަކީ ކީ-ސްޓޭޖް 2 ގެ ދަރިވަރުންނަށް ޚާއްސަ ފެއަރ އެކެވެ. މިފެއަރ އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދެވެ.

މި ސައިންސް ފެއާގެ މައިގަނޑު މަގުސަދަކީ ތަހުގީގަކާއެކު ސައިންޓިފިކް ހާދިސާއެއް ތަހުލީލުކޮށް ނުވަތަ އީޖާދަކުން މައްސަލައެއް ހައްލުކޮށް ސައިންޓިފިކް އިންސައިޓް ޕްރޮމޯޓްކޮށް، ކްރިޓިކަލް ތިންކިންގ، ކޮމިއުނިކޭޝަން، ކޮލަބަރޭޝަން އަދި ކްރިއޭޓިވިޓީ ފަދަ 21 ވަނަ ގަރުނުގެ އުނގެނުމުގެ ހުނަރުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

މިއީ ޖަމާލުއްދީން ސްކޫލްގެ ކީ ސްޓޭޖް – 2 އަށް އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ސައިންސް ފެއަރ އެވެ. މި ފެއަރގައި ކީ ސްޓޭޖް – 2 ގެ ކްލާސް (ގްރޭޑް 4، 5 އަދި 6) އިން 24 ޕްރޮޖެކްޓެއް ބައިވެރިކޮށްފައިވެއެވެ. ކޮންމެ ގްރޭޑަކުން ވެސް ހޮވާފައިވަނީ އެންމެ ރަނގަޅު ތިން ކްލާސް (1 ވަނަ، 2 ވަނަ އަދި 3 ވަނަ) އެވެ.

ސައިންސް ފެއަރގެ ތަޖުރިބާގެ މިމަސައްކަތުގައި ދަރިވަރުންނަށް އެނގިގެން ދިޔައީ ސައިންސަކީ ބެލުންތެރިވެ، ވަށައިގެންވާ ހުރިހާ އެއްޗަކާ މެދު ސުވާލު އުފައްދައި، ހައިޕޮތެސިސް އެއް ގެންގުޅެ، އެ ހައިޕޮތެސިސް ޞައްޙަތޯ ބެލުންކަމެވެ.

އަދި ސައިންސަކީ ޓްރައިލް އެންޑް އެރަރސް ހިމެނޭ ބައެއްކަން އެނގި، އަދި އެއީ ކޮންސެޕްޓެއް ތަކުރާރުކޮށް ޓެސްޓްކޮށްގެން ނަތީޖާ ހޯދައިގެން ހޯދުންތަކެއް ހޯދުންކަންވެސް މިތަޖުރިބާއިންވަނީ ވަނީ ދަސްވެފައެވެ. މިފެއަރގައި ދަރިވަރުންނަށް ތަޖުރިބާކޮށް، އެކްސްޕެރިމެންޓްކޮށް އަދި ހަމައެހެންމެ ކްލާހުގެ ހަތަރު ފާރުން ބޭރުގައި އުފާވެރިއެކު އާ ކޮންސެޕްޓްތައް ދަސްކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

[ތިރީގައިވަނީ މިފެއަރ އާގުޅޭ ފޮޓޯތަކެވެ]

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.