ޖީޕީއީ ގެ ޢިލްމީ މަޢުލޫމާތާއި އައުހޯދުންތަކުގެ ތަޖުރިބާ ބަދަލުކުރާ ވިޔުގަ، “ކިކްސް އީއޭޕީ” ގެ ވަރކްޝޮޕެއް އުކުޅަހުގައި ފަށައިފި

 

 

 

 

 

ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ  ޢިލްމީ މަޢުލޫމާތާއި އައު ހޯދުން ތަކުގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ސަރަހައްދީ ވިޔުގަކަމުގައިވާ “ނޮލެޖް އެންޑް އިނޮވޭޝަން އެކްސްޗޭންޖް ޔޫރަޕް، އޭޝިޔާ، ޕެސިފިކް” (ކިކްސް އީ.އޭ.ޕީ) ހަބުން ކުރިއަށްގެންދާ ވަރކްޝޮޕެއް އިއްޔެ އއ. އުކުޅަހުގައި ފެށިއްޖެއެވެ.

މި ވަރކްޝޮޕްގައި ކިކްސް އީ.އޭ.ޕީ ހަބުގެ މެނޭޖްމަންޓު ޓީމުގެ އިތުރުން ޖީ.ޕީ.އީ ‪‬ގައި ހިމެނޭ 21 ޤައުމުން މަންދޫބުން ބައިވެރިވެއެވެ. އަދި ރާއްޖެއިން މިނެޓަވާކްގައި ބައިވެރިވާ ޓީމާއެކު ޖުމްލަ 35 ފަރާތަކުން މި ވަރކްޝޮޕުގައި ގެންދަނީ ބައިވެރިވަމުންނެވެ.

މި ވަރކްޝޮޕަކީ ކިކްސް އިން ވޭތުވެ ދިޔަ ތަނުގައި ހިންގުނު ޙަރަކާތްތަކާއި، މަސައްކަތްތައް ހިންގުނު ގޮތްތައް މުރާޖަޢާކޮށް، ކުރިއަށް ހުރި މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމުގައި ގެންގުޅެންވީ ގޮތްތަކާ މެދު މަޝްވަރާކޮށް، ޚިޔާލުހޯދުމަށްޓަކައި ބޭއްވޭ ވަރކްޝޮޕެކެވެ.

ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން އަކީ ޕާޓްނަރ ޤައުމުތަކަށް ތަޢުލީމު ސްކޭލްގައި ބަދަލުކުރުމަށް އެހީތެރިވެދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި މިހާރުގެ ޓްރެންޑްތައް ބަދަލުކޮށް، ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބުމުގެ އުންމީދު ހަގީގަތަކަށް ހެދުމަށް، ގިނަ ކުދިން ސްކޫލާއި އުނގެނުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދޭ ޕަރޓްނަރޝިޕެކެވެ.  2019 ވަނަ އަހަރު ރާއްޖެ މެމްބަރު ގައުމަކަށް ވީ ފަހުން ޖީޕީއީއިން އަންނަނީ ބޮޑެތި މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެމުންނެވެ. ރާއްޖެއަކީ މިގުޅުމުގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އޯލްޓަރނޭޓިވް މެންބަރެވެ. މިޙައިސިއްޔަތުން ރާއްޖޭގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ މިދިޔަ އަހަރު ފަހުކޮޅުވަނީ ފްރާންސްގެ ޕެރިހުގައި ބޭއްވި ޑިރެކްޓަރުންގެ ބޯޑް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.