ފ.އަތޮޅު މަދަރުސާގެ “އަދަބީގުލްޝަން 2023” ގެ ޙަރަކާތްތައް ފަށައިފި

ފ.އަތޮޅު މަދަރުސާގެ ދިވެހި ކްލަބް ކަމުގައި ވާ “އަދަބީ ރޫޙް” އިން މިއަހަރު (2022-2023) ވަނަ އަހަރުގެ ދިވެހިހަފްތާ  “އަދަބީ ގުލްޝަން 2023” ފެށިއްޖެއެވެ.

މި ޙަރަކާތަކީ ކޮންމެ އަހަރަކުވެސް ދިވެހި ކްލަބުން ރާވާ އެންމެ ބޮޑު ޙަރަކާތެވެ.. މި ހަރަކާތް އަމާޒުކުރެވިފައިވަނީ ސްކޫލުގައި ތަޢުލީމު ޚާޞިލް ކުރާ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށެވެ.

ޖެނުއަރީ 22 އިން 26 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި ތަފާތު 28 ޙަރަކާތެއް ކުރިއަށް އެބަ ގެންދެއެވެ. މި ހަފްތާގައި މިހަރަކާތް ކުރިއަށް ގެންދެވެނީ ހައުސްތަކުގެ މެދުގައެވެ. އޭގެތެރޭގައި ވަކިވަކި ކުދިންނަށް އަމާޒުކުރެވޭ ޙަރަކާތްތަކާއި ގުރޫޕް ޙަރަކާތްތަކާއި، އަދި މުޅި ހައުސްގެ ޙަރަކާތްތައް ހިމެނިގެން ދާނެއެވެ.

 “އަދަބީ ގުލްޝަން 2023” ގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް ލޯބިޖެއްސުމާއި ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުމާއި ދަރިވަރުންގެ ކިބައިގައި ހުރި ދިވެހި ބަހުގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމެވެ.  އަދި ވީހާވެސް ގިނަ ދަރިވަރުންތަކަކަށް މިފަދަ ޙަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމެވެ. ހަމައެހެންމެ މުޖުތަމަޢަށް ނުކުންނައިރު މަދަރުސާގެ ދަރިވަރުންނަކީ، ދިވެހި ބަހުގެ ހުނަރުތަކާއި ޢިލްމު ލިބިގެންވާ ދަރިންތަކެއްކަމުގައި ހެދުމުގެ އަމާޒު ޙާޞިލުކުރުމެވެ.

މި ހަފްތާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެހެން ހަރަކާތްތަކުގައި ކްލަބުން ރާވާ އާއްމުކޮށްފައިވާ ތަވާލަކާއެއްގޮތަށް، ލިޔުންތެރިކަމުގެ އެންމެހައި ޙަރަކާތްތައް، ދިވެހި ގަޑިތަކުގައި ކުރިޔަށް ގެންދިޔުމާއި ސްޓޭޖް ހަރަކާތްތައް ކޮންމެ ދުވަހެއްގެ 13:00 އިން 15:00 އަށް. ކުރިޔަށް ގެންދިޔުމާއި އަދި ހަފްތާގެ ބުދަ، ބުރާސްފަތު ދެ ދުވަހުގައި ސްޓޭޖް ޙަރަކާތްތައް ކުރިއަށް ގެންދިޔުން ހިމެނެއެވެ.. މި ޙަރަކާތްތަކުގެ ތެރޭގައި ފޯރިގަދަ ބަހުޘް އަދި ޑްރާމާ ގެއިތުރުން ޤައުމީ ލަވަކިޔުން، ބަނދި،ރައިވަރު،ބައިތުބާޒީ ބަސްބާޒީ، އިޝާރާތް ފަދަ ޙަރަކާތްތައް ރޭވިފައިވެއެވެ.

އެލްކޭޖީ އިން ގުރޭޑް 3 އަށް ކޮންމެ ކުއްޖަކަށްވެސް މިހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުމެއްދިނުމަށް ހަމަޖެހިފައިވާކަމަށް އެމަދަރުސާއިން މަޢުލޫމާތު ދެއްވައެވެ. އަދި ކުރިއަށްގެންދެވޭ ކޮންމެ ޙަރަކާތަކުން 1،2،3 ވަނަ ހޮވައި ޓްރޮފީ އަދި ހަނދާނީ ލިޔުން ދެވޭނެ ކަމަށާއި،  އަދި މުޅި “އަދަބީ ގުލްޝަން 2023” އިން 1 ވަނައަށްދާ ހައުސްއަކަށް ޓްރޮފީއާ ހަނދާނީ ލިޔުން ދޭގޮތަށްވެސް ހަމަޖެހިފައިވެއެވެ. މި ޙަރަކާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ 2023 ޖެނުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ފ.އަތޮޅު މަދަރުސާގައި ކަމަށްވެސް އެ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.