ދަރިވަރުންގެ ލިޔެކިޔުމާއި ހިސާބު އިލްމުގެ ހުނަރު ކުރިއެރުވުމަށް ޓީޗަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން ‘ލިޓަރެސީ އެންޑް ނިޔުމެރަސީ ޓްރެއިނިންގ’ ގެ ގިނަމަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފައިވޭ

ލިޔުނީ: އާމިނަތު ޢަބްދުﷲ / ޓީއާރުސީ ކޯޑިނޭޓަރ

2022 ވަނަ އަހަރު އަމަލުކުރަންފެށި ލިޓަރެސީ އެންޑް ނިޔުމެރަސީ ސްޓްރެޓެޖީގެ ދަށުން ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ޓީޗަރުންނަށް އަމާޒުކޮށްގެންވަނީ ގިނަ މަސައްކަތު ބައްދަލުވުންތަކެއް ބާއްވާފައެވެ. މިގޮތުން ހިންގުނު “ލިޓެރަސީ އަދި މެތަމެތިކްސް ޓްރެއިނިންގ” ގެ މަޤްޞަދަކީ، ދަރިވަރުންގެ ބަހުގެ ހުނަރު އިތުރު ކުރުމާއި ހިސާބު ޢިލްމުގެ ހުނަރުތައް އިތުރު ކުރުވުމެވެ. ލިޔަން ކިޔަން ދަސްކުރުމުގެ ހުނަރާއި ހިސާބު ޢިލްމުގެ ހުނަރަކީ ދަރިވަރުންގެ ކިޔެވުން ކާމިޔާބީވާނެ ބިންގާ ކަމަށްވީހިނދު މި ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވަމަށް ބޭނުންވާނެ ތަފާތު އުކުޅުތައް އަންގައިދިނުމަށް ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމެވެ. މިއީ “ލިޓެރަސީ އަދި މެތަމެތިކްސް ސްޓްރެޓެޖީ 2022-2027” ވަނީ ބާރުއަޅާފައިވާ ކަމެކެވެ. މި ހިންގުނު ތަމްރީނު ޕްރޮގްރާމް ތަކަކީ މި ސްޓްރެޓެޖީއަށް ރިޢާޔަތްކޮށްގެން ހިންގުނު ތަމްރީން ތަކެކެވެ.

“ލިޓެރަސީ އަދި މެތަމެތިކްސް ޓްރެއިނިންގ” ހިންގިފައިވަނީ އިންގްލިޝް އަދި މެތެމެޓިކްސްގެ ތަފާތު ދެ ތަމްރީން ޕްރޮގްރާމެއްގެ ގޮތުގައެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ޓީޗަރުންނަށް ހިންގުނު ލިޓެރސީ ޓްރެއިނިންގ ޕްރޮގްރާމް ގައި ދަރިވަރުންގެ ލިޔަން ކިޔަން ދަސްކުރުމުގެ ހުނަރުތައް އިތުރުމުރުމުގެ ގޮތުން ކިޔަވައިދިނުމުގައި ބޭނުންކުރެވޭނެ ތަފާތު ސްޓްރެޓެޖީތަކަށް ޓީޗަރުން އަހުލުވެރި ކުރެވުނެވެ. އަދި ދަރިވަރުންނަށް ލިޔަން ކިޔަން ދަސްކުރުމުގެ ހުނަރުތަކަށް އަހުލުވެރުކިކުރުމުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ ފޮނޮލޮޖިކަލް އަދި ފޮނެމިކް އަށް ހޭލުންތެރި ކުރާނެ ތަފާތު ގޮތްތްކާއި، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ފިލާވަޅު ކުރިޔަށް ގެންދާނެ ތަފާތު އުކުޅުތައް އުނގަންނައިދެވުނުވެ. މީގެ އިތުރުން، ދަރިވަރުން ކިޔުމަށް ލޯބި ޖެއްސުމަށާއި ކިޔުންތެރިއަކަށް ދަރިވަރުން ހެދުމަށް ބޭނުން ކުރެވިދާނެ ތަފާތު ސްޓްރެޓެޖީތައް މި ތަމްރީނު ޕްރޮގަރާމްތަކުގައި ކުރިޔަށް ގެންދެވުނެވެ. އަދި ކުދިންގެ ލިޔުންތެރިކަމުގެ ހުނަރު އިތުކުރުމަށް ކުދިން ބައިވެރިކޮށްގެން ގެންދެވޭނެ ތަފާތު ސްޓްރެޓެޖީތައްވެސް އުނގަންނައި ދެވުނެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގައި މުހިންމުކަން ދެވުނު އަނެއްބަޔަކީ ޓީޗަރުން ގްރޫޕްތަކުގައި މަޝްވާރާކޮށްގެން އެ ޓީޗަރުންގެ ދަރިވަރުންނަށް ލިޔަން ކިޔަން ދަސްކުރުމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ގެންދެވޭނެ ތަފާތު އެކްޓިވިޓީތައް ތައްޔާރުކޮށް އެ އެކްޓިވީތައް ކުރިޔަށް ގެންދެވުމެވެ. އަދި ކަރިކިޔުލަމްގެ ހުރިހާބައިތަކެއް ހިމަނައިގެން ލެސަން ޕްލޭންވެސް ތައްޔާރުކުރުމެވެ. މީގެ އިތުރުން ދަރިވަރުންގެ ލިޔަން ކިޔަން ދަސްކުރުމުގެ ހުނަރުތައް އިތުރުކުރެމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަންވެސް ހިއްސާކުރެވުނެވެ.

މެތަމެޓިކްސް ޓްރެއިނިންގ ހިންގީ ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ހިސާބު މާއްދާ ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށެވެ. މި ތަމްރީނު ޕްރޮގްރާމްތަކުގައި ދަރިވަރުންގެ ހިސާބު ޢިލްމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ކިޔަވައިދިނުމުގައި ބޭނުންކުރެވޭނެ ތަފާތު ސްޓްރެޓެޖީތަކަށް ޓީޗަރުން އަހުލުވެރި ކުރެވުނެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ދަރިވަރުންގެ ހިސާބު ޢިލުމުގެ  ފުރަތަމަ މަރުހަލާ ކަމުގައިވާ ނަމްބަރ ކޮންސެޕްޓް ކުދިންގެ ކިބައިގައި ތަރައްޤީ ކުރުވުމަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ޓީޗަރުންނަށް ފިލާވަޅު ކުރިޔަށް ގެންދެވިދާނެ ތަފާތު ހަރަކާތްތަކާއި ސްޓްރެޓެޖީތައް އުނގަންނައިދެވުނުވެ. މިގޮތުން ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ކުދިންނަށް ހިސާބުގެ އަދަދު ގުނުމާއި، އަދަދު ލިޔާނެ ގޮތާއި، މިނެކިރުމުގެ އިތުރުން ނަމްބަރ ލައިނާއި ނަމްބަރ ބޮންޑާއި އެޑިޝަން ކަޕް އަދި ޓެން ފްރޭމް ބޭނުންކޮށްގެން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލާނެ ތަފާތު ގޮތްތައްވެސް ދަސްކޮށްދެވުނެވެ.

މި ތަމްރީނުގައި ޓީޗަރުން މި ހުރިހާ ހަރަކާތްތަކެއްވެސް ޢަމަލީގޮތުން ތަޖުރިބާކޮށް މި ކަހަލަ އިތުރު ހިސާބު ޢިލްމުގެ ހުނަރުތައް އިތުރުކުރުވުމަށް ގްރޫޕްތަކުގައި މަޝްވާރާކޮށްގެން އެ ޓީޗަރުންގެ ދަރިވަރުންނަށް ގެންދެވިދާނެ ތަފާތު ހަރަކާތްތައް ޕްލޭންކޮށް ހުށަހަޅައިދިނެވެ. އަދި ކަރިކިޔުލަމްގެ ހުރިހާބައިތަކެއް ހިމަނައިގެން ލެސަން ޕްލޭން ތައްޔާރުކޮށް މާނަ ހުރިގޮތެއްގައި ހިސާބު ޢިލްމު އުނގަންނައިދެވޭނެ ހަރަކާތްތަކެއް ރޭވުނެވެ. މީގެ އިތުރުން ދަރިވަރުންގެ ހިސާބު ޢިލްމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަންވެސް ހިއްސާކުރެވުނެވެ.

 

 

 

 

Leave a Comment

Your email address will not be published.