‘އަލްފާ’ ތަމްރީނީ ޒިޔާރަތުގެ ބައިވެެރިންނަށް 1 ދުވަހުގެ ކޮންފަރެންސެއް؛ މިއީ އަލްފާ މެތަޑް ބޭނުންކޮށްގެން ކިޔަވައިދޭގޮތާގުޅޭ މައުލޫމާތު ދިނުމުގެ ކޮންފަރެންސެއް

ކުރުމުއްދަތުގެ ތަމްރީނީ ޒިޔާރަތެއްގައި އިންޑިޔާގެ ލަކަނޯގައި މިހާރުތިބި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުން ފުރަތަމަ ދުވަހު ތަމްރީން ހަރަކާތެއްގެ ގޮތުގައި އިއްޔެވަނީ 1 ދުވަހުގެ ކޮންފަރެންސެއްގައި ބައިވެރިވެފައެވެ. މިކޮންފަރެންސަކީ ޓްރާންސްފޯރމިންގ ލާރނިންގް: ޝޭޕިންގ އަ ނިޔު ފިޔުޗަރ އެކްސެލަރޭޓެޑް ލާރނިންގ ފޯރ އޯލް ގެ ނަމުގައި ބޭއްވި ކޮންފަރެންސެކެވެ. ކޮންފަރެންސްގެ ބޭނުމަކީ އަލްފާ (އެކްސެލަރޭޓެޑް ލާރނިންގް ފޯރ އޯލް) މެތަޑް ކިޔަވައިދިނުނުގައި ބޭނުންކުރުމުގެ މަގުސަދާއި އެމެތަޑް ބޭނުންކޮށްގެން ކިޔަވައިދޭ ގޮތާއި އޭގެ ސަބަބުން ކިޔަވައިދިނުމަށް ގެނެވިދާނޭ މުހިންމު ކުރިއެރުންތައް ބައިވެރިންނަށް ހާމަކޮށް ދިނުމެވެ.

މިގޮތުން އަލްފާ މެތަޑް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދެމުންގެންދާ އިންޑިޔާގެ 12 ސްކޫލެއްގެ ޕްރިންސިޕަލުން މިކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މިމެތަޑް ބޭނުންކޮށްގެން އެސްކޫލްތަކުގައި ކިޔަވައި ދިނުމަށް ކުރެވޭ މަސައްކަތްތަކާއި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް ވަނީ ހިއްސާކޮށްފައެވެ.


އިއްޔެގެ ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ގެ ގޮތުގައި 4 ސްޕީޗެއް ބައިވެެެރިންނަށް ދެވުނެވެ. މީގެ ތެރޭގައި މިޒިޔާރަތުގައި މިވަގުތު ވަޑައިގެން ލަކަނޯގައި ހުންނެވި ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙުމަދު ދެއްވި ކީނޯޓް ސްޕީޗްވެސް ހިމެނެއެވެ.

އަލްފާގެ ތަމްރީނީ މިޒިޔާރަތުގައި ރާއްޖޭގެ އެކިކަންކޮޅުގެ ސްކޫލްތަކުން މިފަހަރު 130 ބައިވެެރިން ބައިވެރިވެއެވެ. މިޒިޔާރަތް އިންތިޒާމުކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން އިންޑިޔާގެ ގްލޯބަލް ފައުންޑޭޝަން ފޮރ އެޑިޔުކޭޝަންއާ ގުޅިގެންނެވެ.

މިތަޖްރިބާ ދަތުރުގައި އަލްފާ މެތަޑް ޕައިލެޓް ކުރާ 10 ސްކޫލުގެ ބައެއް ޓީޗަރުންނާއި އިތުރު 6 ސްކޫލުން ޓީޗަރުން ބައިވެރިވެއެވެ.

Leave a Comment

Your email address will not be published.