ފެހި މަދަރުސާގެ ވެބްސައިޓް ފަރުމާކުރުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށްފިއެވެ. އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ އަޙުމަދު ސައިމަން އާދަމް އާއެވެ.
ފެހި މަދަރުސާ ފްރޭމްވަރކް އަކީ ސްކޫލްގައި ހިންގޭ އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ހިތުގައި ތިމާވެއްޓާއި މެދު ލޯބިއިތުރުކޮށް، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ޙައްލު ހޯދުމަށް މަޝްވަރާކުރުމުގެ އާދަ ހަރުލެއްވުމަށްޓަކައި ކުރިއަށްދާ ހަރަކާތްތަކެކެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން މިހާރު ގެންދަނީ ރާއްޖޭގެ 7 ސްކޫލެއްގައި ފެހި މަދަރުސާ ފްރޭމްވަރކް ޕައިލެޓް ކުރަމުންނެވެ.