ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. އިހަވަންދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ހުޅުއްވައިދެއްވައިފި

20 ޖުލައި: ހއ. އިހަވަންދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ހޯލް އިމާރާތް ބޭނުންކުރަން ފެށުމާއެކު ދަރިވަރުންނަށް ސްކޫލް ތެރޭގައި އިތުރު ހަރަކާތްތައް ބާއްވާ، އެކި ކުޅިވަރުތައް ކުޅެވޭނެ މާހައުލެއް ލިބިގެންދާނެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.

އިހަވަންދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތްކޮށް ނިންމާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

Leave a Comment

Your email address will not be published.