ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ މުދައްރިސުންނަށް އަމާޒުކޮށްގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ހިންގި ދިވެހި މުޤައްރަރު ތަޢާރަފްކުރުމުގެ މަސައްކަތު ބައްދަލުވުން ނިމިއްޖެ

ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ މުދައްރިސުންނަށް އަމާޒުކޮށްގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓް ޑިވިޝަނުން ކުރިޔަށް ގެންދިޔަ ދިވެހި މުޤައްރަރު ތަޢާރަފްކުރުމުގެ ޕްރޮގްރާމް އިއްޔެ ނިމިއްޖެއެވެ.

މިޕްރޮގްރާމް ނިމުން ފާހަގަކުރީ އިއްޔެ އެއިންސްޓިޓިޔުޓްގެ ސެމިނަރރޫމްގައި ބޭއްވުނު މިބައްދަލުވުމުގެ ފަހު ސެޝަންގައެވެ. މި ސެޝަންގައި އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓް ޑިވިޝަންގެ އިސް ބައެއް ބޭފުޅުންނާއި އެންއައިއީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި ސަރޓިފިކެޓްތައް ހަވާލުކޮށްދެއްވީ އެންއައިއީގެ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް އަޙުމަދު ޒާހިރު އެވެ.

ލާރނިންގ އެޑްވާންސްމެންޓް އެންޑް މެޝަރމެންޓް ޕްރޮޖެކްޓް (ލޭމްޕް ޕްރޮޖެކްޓް) ގެ ދަށުން މިފެބްރުއަރީމަހުގެ 24 ން 26 އަށް ނެޝަނަލް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ކ، އދ އަދި ފ އަތޮޅުގެ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކުން ބައިވެރިވެއެވެ.

ކޮންމެ ސްކޫލަކުން ފައުންޑޭޝަން ސްޓޭޖްގެ ލީޑިން ޓީޗަރަކާއި ޓީޗަރެއް ބައިވެރިވި މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ބަހުގެ މަންހަޖު ތަޢާރަފްކޮށްދީ ދިވެހި ކިޔަވައިދޭނެ ތަފާތުގޮތްތަކާއި ބެހޭ މަޢުލޫމާތުދީ އެގޮތްތަކަށް ކިޔަވައިދިނުމުގެ ފަރިތަކުރުންތައް އޮތެވެ.

މި މަސައްކަތު ބައްދަލުވުމުގައި ފެސިލިޓޭޓްކޮށްދެއްވީ އެންއައިއީގެ އާރލީ ޗައިލްޑްހުޑް ޑިވިޜަނުގެ 3 ބޭފުޅުން ކަމުގައިވާ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓް ޝިޔާމާ އަބޫބަކުރާއި ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓް ނުޒުޙަތު ވަޙީދުއާއި ޢައިޝަތު ޢަޒީފާއެވެ.

 

ޚަބަރާގުޅޭ އިތުރު ފޮޓޯ:

 

 

Leave a Comment

Your email address will not be published.