ޢަލީ ޙަސަން – ޢިއްޒުއްދީން ސްކޫލް
ވެހި އެޑިޔުކޭޝަން ޓުއަރ 2023 ގެ ބައިވެރިން ގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަތޮޅުތެރޭގެ 21 ސްކޫލެއްގެ ޕްރިންސިޕަލުން ތަޖުރިބާ ހޯއްދެވުމުގެ ޢަމަލީ ދަތުރެއްގައި ޢިއްޒުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައިފި އެވެ.
18 ޖެނުއަރީ 2023 ވީ ބުދަ ދުވަހު ކުރިއަށް ދިޔަ މި ޒިޔާރަތްކުރުމުގައި ޕްރިންސިޕަލުންގެ އަރިހުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮރިން ރިލޭޝަންގެ ހެޑް, ޢަބްދުﷲ އިސްމާޢީލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މި ޒިޔާރަތްކުރެއްވުމާ ގުޅިގެން ޢިއްޒުއްދީން ސްކޫލުން ޕްރިންސިޕަލުންގެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައި ވެއެވެ.
މި ޒިޔާރަތްކުރެއްވުމުން މާލޭގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ހަމަ އެކަނި ސްކޫލްކަމުގައިވާ އިއްޒުއްދީން ސްކޫލްގައި ކިޔަވައިދިނުން ކުރިއަށް ގެންދާ ގޮތާއި އެކަމާ ގުޅުންހުރި އެންމެހާ ކަންކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައި ވެއެވެ. އަދި ހަމައެހެންމެ މުޅި ޢިއްޒުއްދީން ސްކޫލްގެ އެންމެހާ ތަންތަން ބައްލަވައިލެއްވި އެވެ.
މިއީ ސިލްސިލާކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދަވާ ވެހި އެޑިޔުކޭޝަނަލް ޓުއަރ ގެ ތެރެއިން ޕްރިންސިޕަލުން ޒިޔާރަތްކުރެއްވި ޒިޔާރަތްކުރެއްވުމެކެވެ.