”ވެހި އެޑިޔުކޭޝަނަލް ޓުއަރ 2023″ ގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށް ޙަފްލާއެއް ބާއްވައިފިއެވެ. މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.
ވެހި އެޑިޔުކޭޝަނަލް ޓުއަރ އަކީ ސްކޫލްތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކޮށް، ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޓުއަރގެ މި ބުރުގައި 21 ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިޓުއަރގެ ބައިވެރިން މިފަހަރުވަނީ ތަފާތު ސްކޫލްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުހޯދައި އެތަންތާގައި ކިޔަވައިދިނުމާއި އެހެނިހެން ހަރަކާތްތައް ކުރިޔަށް ގެންދާގޮތުގެ ތަޖުރިބާ ހޯދައިފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމިނިސްޓްރީގެ ތަފާތު ޑިޕާޓްމަންޓްތަކުން ހިންގާ މަސައްކަތްތަކާއި އެކިޙަރަކާތްތަކުގެ މަޢުލޫމާތުވެސް ބައިވެެރިންނަށް ފޯރުކޮށްދީފައިވެއެވެ.