ފަހަށް ރައްކާކުރުމުގެ މުހިންމު ކަމާއި ރާާއްޖޭގެ ޕެންޝަން ނިޒާމް އާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ މުއައްޒަފުންނަށް މަޢުލޫމާތު ދީފިއެވެ. މިކަން އޮތީ މިއަދު ހެނދުނު ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގެ ސެމިނަރ ރޫމްގައެވެ.
މައުލޫމާތު ދިނުމުގެ މި ސެޝަންގައި އެންއައިއީ ގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބް އާއި މާލޭގައި މަސައްްކަތްކުރާ އެންއައިއީގެ މުއައްޒަފުން ބައިވެެރިވިއެވެ.
މޯލްޑިވްސް ޕެންޝަން އޮފީހުން ކުރިޔަށް ގެންދިޔަ މިސެޝަނުގައި ފަހަށް ރައްކާކުރުމުގެ މުހިންމު ކަމުގެ އިތުރުން ރާއްޖޭގެ އަސާސީ ޕެންޝަން ނިޒާމު ގާއިމުވެފައި އޮންނަ ގޮތުގެ މައްޗަށާއި މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމް އާ ބެހޭގޮތުން މައުލޫމާތު ދެވުނެވެ. މިސެޝަންގައި މަޢުލޫމާތު ދެއްވީ ޕެންޝަން އޮފީހުގެ ހެޑް އޮފް މެންބަރ ސާވިސް މަރިޔަމް ޝާދިޔާއެވެ. މީގެ އިތުރުން އެއޮފީހުގެ ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް ފާތިމަތު ޝިފްނީ ވަލީދުވެސް މިސެޝަންގައި ބައިވެރިވެވަޑައިގަތެވެ.
މިސެޝަންގެ މައުލޫމާތު ދިނުމުގެ ވަގުތުކޮޅަށްފަހު މުއައްޒަފުން ގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮތެވެ. މިއީ ގާތްގަނޑަކަށް ދޮޅުގަޑިއިރުގެ ސެޝަނެކެވެ.