ދަރަނބޫދޫ ސްކޫލްގެ 2022-2023 ގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ބާއްވައިފި

ފ.އަތޮޅު ދަރަނބޫދޫ ސްކޫލްގެ 2023-2022ގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ބާއްވައިފިއެވެ. މި މުބާރާތް ބޭއްވީ 2023 ޖެނުއަރީ 23ން 26 އަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ 2 ޢުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއަރ ގްރޫޕް ގެ ގޮތުގައި ގްރޭޑް 1ން 6އާއި ދެމެދުގެ ދަރިވަރުން ނަށް، އަދި ސީނިއަރ ގްރޫޕްގެ ގޮތުގައި ގްރޭޑް 7ން ގްރޭޑް 10އާއި ދެމެދުގެ ދަރިވަރުންނަށެވެ. މި މުބާރާތުގައި ވާދަކުރީ ދަރަނބޫދޫ ސްކޫލުގެ 3 ހައުސް ކަމުގައިވާ ކުރެނދި ހައުސް،  ހަލަވެލި ހައުސް އަދި މަދޮށި ހައުސް އެވެ. މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ ޢުމުރުފުރައިގެ ދެ މެޗް ކުޅެވުނެވެ. 

ދެ ޢުމުރުފުރައިންވެސް ޗެމްޕިއަންކަން ހޯދީ ހަލަވެލި ހައުސް އެވެ. ޖޫނިއަރ ގްރޫޕުން އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހަލަވެލި ހައުސްގެ މާޒިން މުޙައްމަދު ނަސީމެވެ. ސީނިއަރ ގްރޫޕުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މަދޮށި ހައުސްގެ މުޒްދާން ޙަސަންއެވެ.

މި މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ބައެއް ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދަރަނބޫދޫ ގެ އޮންލައިން ނޫހެއްކަމުގައިވާ “ދަ ނިއުސް” އެވެ. ކޯރ ސްޕޮންސަރ އަކީ “ހުޅުމާލޭ ޔޫތު ސްޕޯޓްސް އެކަޑަމީ” އެވެ. އަދި އިތުރު ސްޕޮންސަރުންގެ ގޮތުގައި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ވިލާ އެޑަމްސް، މަލްޓި ކަލަރސް އަދި އެޑް ޖަމްޢިއްޔާ ހިމެނެއެވެ.

 

 

 

 

Leave a Comment

Your email address will not be published.