މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ކުރިޔަށް ގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި- ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ކުރިޔަށް ގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މީރުމާ ލައުންޖްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މި ޕްރޮގްރާމަކީ ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެކި ދާއިރާތަކާ ގުޅޭ ހުނަރު ދަސްކޮށްދީ، ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މިއީ މިގޮތަށް އެމްޕީއެލްއިން ހިންގި ފުރަތަމަ ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ މުއްދަތަކީ 1 މަސްދުވަހެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި ވަޒީފާ އަދާކުރަން ފެށުމުގެކުރިން, ވަޒީފާގެ ކޮންމެހެން ބޭނުންތެރި މަޢުލޫމާތާއި ތަޖުރިބާލިބި ދުރާލައި ވަޒީފާގެ މާހައުލަށް އަހުލުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އެޑިޔުކޭޝަން މިނިސްޓަރުގެ އިތުރުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވެސްވަނީ މިއިންޓާންޝިޕްގައި ލިބުނު މަޢުލޫމާތާއި ތަޖުރިބާ، ވަޒީފާގެ މާހައުލުގައި ފުރިހަމަޔަށް ބޭނުންހިފޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގެ މި ބެޗްގައި 10 ދަރިވަރުން ބައިވެރިވެ، އެކި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ވަނީ ހޯދާފައެވެ.

Leave a Comment

Your email address will not be published.