ކިންޑަރ ޕްރީ ސްކޫލާއި އަމީރު އަޙްމަދު ޕްރީ ސްކޫލްގެ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ތަމްރީން ޙަރަކާތްތަކެއް  ކުރިއަށް ގެންގޮސްފި     

ކިންޑަރ ޕްރީ ސްކޫލާއި އަމީރު އަޙްމަދު ޕްރީ- ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން މިއަދު ތަމްރީން ޙަރަކާތްތަކެއް  ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތްތައް ކުރިއަށް ގެންދިޔައީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އާރލީޗައިލްޑްހުޑް ޑިވިޝަންގެ ފަންނީ ބޭފުޅުން އެދެސްކޫލަށް ޒިޔާރަތް ކުރައްވައިގެންނެވެ.

ކިންޑަރ ސްކޫލްގެ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ޙަރަކާތްކުރިއަށް ގެންދެވީ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ސުވައިދާ މުޙައްމަދު އާއި އައިޝަތު ޝިފާއެވެ. މި ސްކޫލުން 17ޓީޗަރުން މި ތަމްރީންތަކުގައި ބައިވެރިވިއެވެ. މިއީ މިއަހަރުގެ ޕީޑީ ޑޭ އާ ގުޅިގެން ހިންގުނު ތަމްރީން ތަކެކެެ.

އަމީރު އަޙްމަދު ސްކޫލް ޓީޗަރުންނަށް ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ޙަރަކާތްކުރިއަށް ގެންދެވީ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް އާއިޝަތު އަޒީފާ އާއި ނުޒުހާ ވަހީދުއެވެ. މިސްކޫލްގެ 37 ޓީޗަރަކު ވަނީ މިތަމްރީން ސެޝަންގައި ބައިވެެރިވެފައެވެ.

ޚަބަރާގުޅޭ ބައެއް ފޮޓޯ:

 

 

 

 

 

 

Leave a Comment

Your email address will not be published.