މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުރަވީ ސްކޫލްގައި ކުރިއަށް ގެންދިޔަ ‘ކޭމްޕް ފުރާވަރު’ ނިންމުމުގެ ރަސްމިއްޔާތުބާއްވައިފި – ރަަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ

ހުރަވީ ސްކޫލްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދިޔަ ‘ކޭމްޕް ފުރާވަރު’ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

‘ކޭމްޕް ފުރާވަރު’ އަކީ ދަރިވަރުންނަކީ އަޚުލާޤު ރަނގަޅު، ޒިންމާދާރު އަދި ޚާއްޞަ ޙާލަތުގައި މަސައްކަތްކުރުމަށް ތައްޔާރަށް ތިބި ދަރިވަރުންނަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

ހުރަވީ ސްކޫލުގައި ކުރިއަށް ގެންގޮސް މިއަދު ނިންމާލި މިކޭމްޕްގެ މުއްދަތަކީ 3 ދުވަހެވެ. މި ކޭމްޕްގައި ހުރަވީ ސްކޫލުގެ 39 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުން ބައިވެރިވިއެވެ.

މިއީ މިސިލްސިލާގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިޔަށް ގެންދިޔަ 95 ވަނަ ކޭމްޕްއެވެ.

 

 

Leave a Comment

Your email address will not be published.