ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ ތަމްރީން ބުރެއް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ކުރިޔަށް ގެންދަން ފަށައިފި – މިބުރުގައި ކީ ސްޓޭޖް 1 އަދި 2 ގެ 15 ސަތޭކަ ޓީޗަރުން ތަމްރީން ކުރެވޭނެ

ކީ ސްޓޭޖް 1 އަދި 2 ގެ ޓީޗަރުންނަށް އަމާޒުކޮށްގެން ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނު ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންދަން ފަށައިފިއެވެ. ތަމްރީން ޕްރޮގްރާމްގެ މިބުރުގައި މުޅި ރާއްޖެ ހިމެނޭގޮތަށް 15 ސަތޭކަ ޓީޗަރުން ނަށް ތަމްރީން ދެވޭނެއެވެ.

މިހާރު ކުރިޔަށްދާ މިޓްރެއިނިން ޕޮރޮގުރާމްގެ މަޤްސަދަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން ދަރިވަރުންގެ ޝައުޤުވެރިކަން ހިސާބު މާއްދާއަށް އިތުރުކުރުމާއި ލިޓަރެސީ އަދި ނިޔުމެރަސީ އިސްތިރާޖާއި ލާރނިންގ ރިކަވަރީ އިސްތިރާޖު ސްކޫލުތަކުގައި ތަންފީޒުކުރުމަށްޓަކައި މިހާރު ސްކޫލުތަކުން ކުރިޔަށް ގެންދާ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި  މުދައްެރިސުންނަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށްދިނުމެވެ.

މި ޓްރެއިނިންގ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ދާނީ ތަފާތު ޑިޒައިންތަކަކަށެވެ.

މިގޮތުން ބައެއް އަތޮޅުތަކުގައި ޓްރެއިނިންގ ކުރިޔަށް ގެންދާނީ އެއަތޮޅުން ޓްރެއިނިންގގައި ބައިވެެރިވާ ހުރިހާ ޓީޗަރުން އެއް ސްކޫލަކަށް ހާޒިރުވެ ތިބެގެންނެވެ. އަދި ބައެއް އަތޮޅުތަކުގައި އެ ސްކޫލެއްގެ ހުރިހާ ޓީޗަރުން އެއްތަނެއްގައި ތިބެގެން ޓްރެއިނިންގ ކުރިޔަށް ގެންދާ އިރު ފެސިލިޓޭޓަރުން ގަޑި ނަންގަވާނީ ވާރޗުއަލް ކޮށް އިންނަވައިގެނެވެ.

މި ބުރުގެ ޓްރެއިނިން ގައި ކީ ސްޓޭޖް 1 އަދި 2 ގެ ޓީޗަރުންގެ ތެރެއިން 1500 އަށް ވުރެ ގިނަ ޓީޗަރުންެގެ  ފަންނީ ޤާބިލުކަން އިތުރުކޮށްދެވޭނެއެވެ.

ތިރީގައި ލ. އަތޮޅު ވޯރކްޝޮޕްގެ ބައެއް ފޮޓޯ: މިވޯރކްޝޮޕްގައި 82 ބައިވެރިން ބައިވެރިވޭ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.