‘ސްޓްރެޓެޖިކް ޕްލޭނިންގ ފޯރ އިންޓަރގްރޭޓެޑް ހޯލިސްޓިކް އެޑިޔުކޭޝަން’ ގެ ނަމުގައި ކުރިޔަށްގެންދިޔަ ސެމިނަރ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ބައިވެެރިވެވަޑައިގެންފި

‘ސްޓްރެޓެޖިކް ޕްލޭނިންގ ފޯރ އިންޓަރގްރޭޓެޑް ހޯލިސްޓިކް އެޑިޔުކޭޝަން’ ގެ ނަމުގައި އަރަބިއްޔާ ސްކޫލްގައި ކުރިޔަށްގެންދިޔަ ސެމިނަރ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ބައިވެެރިވެވަޑައިގެންފިއެވެ. މިއީ 5 ދުވަހުގެ މުއްދަތަށް ބޭއްވުނު ސެމިނަރއެކެވެ.

މެލޭޝިޔާގެ އިންޓަރނެޝަނަލް އިސްލަމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް)ގެ އޮފިޝަލުން ފެސިލިޓޭޓްކޮށްދެއްވި މިސެމިނަރގެ މިއަދު ގެ މަވްޟޫޢު ބިނާކޮށްފައި އޮތީ އިސްލާމީ ވަންތަ އަގުތަކާއި ސިފަތައް ތަޢުލީމީ ނިޒާމުގެތެރޭގައި ހިމެނުމުގެ މައްޗަށެވެ. ސެމިނަރގެ 3 ވަނަ އަދި ފަހު ސެޝަންގެ ގޮތުގައި ކުރިޔަށް ގެންދިޔަ މިސެޝަން ފެސިލިޓޭޓް ކޮށްދެއްވީ އިންޓަރނެޝަނަލް އިސްލަމިކް ސްކޫލް މެލޭޝިޔާގެ ޕްރިންސިޕަލް، ނޫރުހިއްޖާ މުޙައްމަދު ޒިން އެވެ. މިސެމިނަރ ހިންގެވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި މެލޭޝިޔާގެ އިސްލަމިކް ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ، ޛުލްފިޤާރު އަބްދުއްރައްޒާޤުވެސް ހިމެނިވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި މިސެމިނާރގެ އެކިސެޝަންތަކުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ 300 އަށް ވުރެން ގިނަދަރިވަރުން ވަނީ ބައިވެެރިވެފައެވެ.

މިސެމިނަރގައި ދެއްވި މަޢުލޫމާތުގެ ތެރޭގައި ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ އަގުތަކާއި ސިފަތައް ވެއްދުމުގެ މުހިންމުކަމާއި މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީ ސްކޫލްތަކުން މިކަންކަމުގައި ކޮށްފައިވާ ތަޖުރިބާތައް ސެމިނަރގެ ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ތަޢުލީމުގެ އޮނިގަނޑާ މެދުގައާއި ‘ސެޖާތެރާ ސްކޫލް ފްރޭމްވާރކް’ އާއި ކިޔަވައިދިނުމާއި ކިޔެވުމުގައި އައު ހޯދުންތަކާއި ގޮތްތަކެއް ތަޢާރުފްކޮށްދިން އުއްމީދީ ގޮތްތަކެއްކަމުގައިވާ ‘މައިކްރޯސޮފްޓް ޝޯވްކޭސް ސްކޫލް’ އާ ބެހޭގޮތުންވެސް ބައިވެެރިންނަށް މަޢުލޫމާތު ދިނުން އޮތެވެ.

އިތުރު ފޮޓޯ: ސެމިނަރ ގައި މަޢުލޫމާތު ދެވުނު ބައެއް ސްކޫލްކުދިން

7

 

 

Leave a Comment

Your email address will not be published.