‘ސްޓްރެޓެޖިކް ޕްލޭނިންގ ފޯރ އިންޓަރގްރޭޓެޑް ހޯލިސްޓިކް އެޑިޔުކޭޝަން’ ސެމިނަރ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އިފްތިތާޙު ކޮށްދެއްވައިފި – ސެމިނަރ އިފްތިތާޙް ކޮށްދެއްވަމުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިސްލާމީ އަގުތަކާއި ސިފަތައް ތަޢުލީމީ ނިޒާމުގައި ހިމެނިފައިއޮތުން ވަރަށް މުހިންމުކަމަށް ވިދާޅުވި

‘ސްޓްރެޓެޖިކް ޕްލޭނިންގ ފޯރ އިންޓަރގްރޭޓެޑް ހޯލިސްޓިކް އެޑިޔުކޭޝަން’ ގެ ނަމުގައި ހިންގާ ސެމިނަރ އެއް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިސެމިނަރ ހިގަމުން ދަނީ ޢަރަބިއްޔާ ސްކޫލްގައެވެ. މިއީ 5 ދުވަހުގެ ސެމިނަރއެކެވެ.

މިސެމިނަރ ފެސިލިޓޭޓް ކޮށްދެއްވަނީ އިންޓަރނެޝަނަލް އިސްލަމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް)ގެ އޮފިޝަލުންނެވެ. މިބޭފުޅުންގެ ތެރޭގައި މެލޭޝިޔާގެ އިސްލަމިކް ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޛުލްފިޤާރު ޢަބްދުއްރައްޒާޤްވެސް ހިމެނިވަޑައިގަނެއެވެ.

މިސެމިނަރ އިފްތިތާޙްކޮށްދެއްވަމުން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ވަންތަ އަގުތަކާއި ސިފަތައް ތަޢުލީމީ ނިޒާމުގެތެރޭގައި ހިމެނިފައިއޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.

މިސެމިނަރގައި ދެއްވާ މަޢުލޫމާތުގެ ތެރޭގައިވެސް ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ އަގުތަކާއި ސިފަތައް ވެއްދުމުގެ މުހިންމުކަމާއި މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީ ސްކޫލްތަކުން މިކަންކަމުގައި ކޮށްފައިވާ ތަޖުރިބާތައް ސެމިނަރގެ ބައިވެރިންނާ ހިއްސާކުރުން އޮންނާނެއެވެ. މީގެ އިތުރުން އިސްލާމީ ތަޢުލީމުގެ އޮނިގަނޑާ މެދުގައާއި ‘ސެޖާތެރާ ސްކޫލް ފްރޭމްވާރކް’ އާއި ކިޔަވައިދިނުމާއި ކިޔެވުމުގައި އައު ހޯދުންތަކާއި ގޮތްތަކެއް ތަޢާރުފްކޮށްދިން އުއްމީދީ ގޮތްތަކެއްކަމުގައިވާ ‘މައިކްރޯސޮފްޓް ޝޯވްކޭސް ސްކޫލް’ އާ ބެހޭގޮތުންވެސް ބައިވެެރިންނަށް މަޢުލޫމާތު ދިނުން އޮންނާނެއެވެ.

Leave a Comment

Your email address will not be published.