ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި”ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ 2023″ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

ގްރޭޑް 1 އަދި 2ގެ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި”ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ 2023″ ނިންމުމުގެ ރަސްމިއްޔާތުބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން 720 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ފިއެސްޓާގެ ގްރޭޑް 1ގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލްއެވެ. އަދި ރަނަރ-އަޕް ޓީމަކަށް ހޮވިފައިވަނީ ހިރިޔާ ސްކޫލްއެވެ.

ގްރޭޑް 2 ގެ ޗެމްޕިއަން ޓީމަކަށް އިސްކަންދަރު ސްކޫލް ހޮވިފައިވާ އިރު، ރަނަރ-އަޕް ޓީމަކަށް ހޮވިފައިވަނީ ޣާޒީ ސްކޫލްއެވެ.

[ޚަބަރާ ގުޅޭ ބައެއް ފޮޓޯ]

Leave a Comment

Your email address will not be published.