ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުންނަށް މަސައްކަތު ބައްދަލުވުމެއް  ބާއްވައިފި   

ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރުކުމުގެ މަސައްކަތު ބައްދަލުވުމެއް އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ ޝަރަފުއްދީން ސްކޫލްގައެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީގެ އެކި ސިޓީތަކުގެ ފައުންޑޭޝަން ސްޓޭޖް ހިމެނޭ ހުރިހާ ސްކޫލަކުން ބައިވެރިވިއެވެ. މިމަހުގެ 24 އަދި 25 ވަނަ ދުވަހު ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ފަންނީ ގާބިލްކަން އިތުރުކުރުމުގެ މައްޗަށް މައުލޫމާތު ދެވުނީ މެތަމެޓިކްސް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ގޮތްތަކާމެދުގައެވެ.

މިމަސައްކަތު ބައްދަލުވުމުގައި ޖުމްލަ 38ޓީޗަރުން ބައިވެރިވިއެވެ.

ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ސީޔާމާ އަބޫބަކުރުއާއި ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ސުވައިދާ މުޙައްމަދު އެވެ.

[ޚަބަރާ ގުޅޭ ބައެއް ފޮޓޯ]

 

Leave a Comment

Your email address will not be published.