ވެސްމިންސްޓަރ ފައުންޑޭޝަން ފޯރ ޑިމޮކްރަސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން ޕާލަމެންޓަރީ އެޑިޔުކޭޝަން ވޯރކްޝޮޕެއް ބާއްވައިފި – މިމަސައްކަތު ބައްދަލުވުމުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުން 55 މުދައްރިސުން ބައިވެރިވި

ވެސްމިންސްޓަރ ފައުންޑޭޝަން ފޯރ ޑިމޮކްރަސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕާލަމެންޓަރީ އެޑިޔުކޭޝަން ސެކްޝަނާ ގުޅިގެން އިންތިޒާމް ކުރި ޕާލަމެންޓަރީ އެޑިޔުކޭޝަން ވޯރކްޝޮޕް ބާއްވައިފިއެވެ. މަޖިލީހުގެ އިދާރާގައި ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި މާލެ ސަރަހައްދުގެސްކޫލްތަކުން ޖުމުލަ 55 މުދައްރިސުން ބައިވެރިވިއެވެ.

މިއީ މާލޭ ސަރަހައްދުގެ ސްކޫލު ތަކުގެ ކީ ސްޓޭޖް 1 -3 އަށް ސޯޝަލް ސްޓަޑީސް ކިޔަވައިދޭ މުދައްރިސުންނެވެ.

މި ވޯރކްޝޮޕްގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި ސޯޝަސް ސްޓަޑީސް މާއްދާ ކިޔަވައިދިނުމުގައި އެހީއެއްގެ ގޮތުގައި މަޖިލީހުގެ އިދާރާއިން ތައްޔާރު ކޮށްފައިވާ ރިސޯސް ޕެކް އަށް މުދައްރިސުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

ޕާލަމެންޓަރީ އެޑިޔުކޭޝަން ވޯރކްޝޮޕްގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ކަރިކިޔުލަމް ޑިވިޝަނާއި ޓްރެއިނިންގ ޑިވިޝަނުން ބައިވެރި ވިއެވެ.

 

Leave a Comment

Your email address will not be published.