ފައުންޑޭޝަން ސްޓޭޖްގެ ދިވެހި މުޤައްރަރު ތަޢާރަފް ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ފައުންޑޭޝަން ސްޓޭޖްގެ މުދައްރިސުންނަށް އަމާޒުކޮށްގެން ދިވެހި މުޤައްރަރު ތަޢާރަފްކުރުމުގެ ޕްރޮގްރާމެއް ފެށިގެން ކުރިއަށް އެބަދެއެވެ. 

ލާނިންގ އެޑްވާންސްމެންޓް އެންޑް މެޝަރމެންޓް ޕްރޮޖެކްޓް (ލޭމްޕް ޕްރޮޖެކްޓް) ގެ ދަށުން މިފެބްރުއަރީމަހުގެ 24 ން 26 އަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގެ ސެމިނަރ ރޫމުގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ކ، އދ އަދި ފ އަތޮޅުގެ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކުން ބައިވެރިވެއެވެ.

ކޮންމެ ސްކޫލަކުން ފައުންޑޭޝަން ސްޓޭޖްގެ ލީޑިން ޓީޗަރަކާއި ޓީޗަރެއް ބައިވެރިވާ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ބަހުގެ މަންހަޖު ތަޢާރަފްކޮށްދީ ދިވެހި ކިޔަވައިދޭނެ ތަފާތުގޮތްތަކާއި ބެހޭ މަޢުލޫމާތުދީ އެގޮތްތަކަށް ކިޔަވައިދިނުމުގެ ފަރިތަކުރުންތައް ކުރިއަށްދާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ފެސިލިޓޭޓްކޮށްދެއްވާނީ އެންއައިއީގެ އާރލީ ޗައިލްޑްހުޑް ޑިވިޜަނުގެ ބޭފުޅުންނެވެ.

 

 

 

ޚަބަރާގުޅޭ އިތުރު ފޮޓޯ:

 

 

 

Leave a Comment

Your email address will not be published.