“ލޭމްޕް” ގެ މޮނިޓަރިންގ ޒިޔާރަތެއްގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ޓީމެއް ރ. އަތޮޅުގައި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ކުރިޔަށް ގެންދާ ލާރނިންގ އެޑްވާންސްމެންޓް އެންޑް މެޝަރމެންޓް ޕްރޮޖެކްޓް (ލޭމްޕް ޕްރޮޖެކްޓް) ގެ ދަށުން ސްކޫލްތަކުގައި ހިންގާ ލިޓަރަސީ އެންޑް ނިއުމަރަސީ ޕްރޮގްރާމްގެ މޮނީޓަރިންގ ގެ މަސައްކަތްތަކުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރ. ރަސްމާދޫ ސްކޫލަށް އެންއައިއީގެ ފަރާތުން ޒިޔާރަތްކުރަމުން އެބަދެއެވެ. މިދަތުރު ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 22 އަށެވެ.

މިދަތުރުގައި ބައިވެރިވަނީ އެންއައިއީގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް އައިޝަތު ޒިދްނާ އާއި ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ފާތިމަތު ޝާޒްލީއެވެ.

މިދަތުރުގައި ކޮންމެ ސްކޫލެއްގެ ޔޫކޭޖީ ކުލާހަކާއި ގްރޭޑް 3 އަދި ގްރޭޑް 6 ގެ ކޮންމެ ގްރޭޑް އަކުން އިނގިރޭސި، ހިސާބު އަދި ދިވެހި ގަޑިއެއް އޮބްޒާވްކުރަންވަނީ ހަމަޖެހިފައެވެ.

 

Leave a Comment

Your email address will not be published.